އަފްގާނިސްތާނުގެ ތައުލީމީ މަރުކަޒެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 18 މީހަކު މަރުވެއްޖެ

ބޮމުގެ ހަމަލާގައި ޒަހަމްވި މީހަކަށް ފަރުވާ ދޭން ގެންދަނީ--

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި މަތީ ތައުލީމުގެ ކޯސްތައް ހިންގާ މަރުކަޒެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 13 މީހަކު މަރުވެއްޖެ އެވެ.

ޖާނުން ފިދާވެގެން އެ އިމާރާތުގެ ތެރެއަށް ވަދެ އިއްޔެ މެންދުރު ދިން އެ ހަމަލާގައި 57 މީހުން ވަނީ ޒަހަމްވެސްވެފަ އެވެ.

ޝީއީ މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދެއްގައި ހުރި އެ އިމާރާތުގައި ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން ދެ އެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަރުކަށި ސުންނީ ގްރޫޕްތަކުގެ ހަމަލާތައް ޝީއާ މުސްލިމުންނަށް ވަރަށް ގިނައިން އަމާޒުވެ އެވެ.

އެތަނުގައި ކިޔަވާ އަލީ ރަޒާ ކިޔާ މީހަކު އޭއެފްޕީ ނިއުސް އޭޖެންސީއަށް މައުލޫމާތު ދެމުން ބުނީ އެ ހަމަލާގައި ގިނައިން މަރުވީ އެ އިމާރާތަށް ވަންނަން ގޮސް ތިބި މީހުން ކަމަށެވެ.

ގިނަ ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ވަނި ބެލެވިފަ އެވެ.

ސޯޝަލް މީޑިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ އެކަމުގެ ޒިންމާ ނަގައިފަ އެވެ.
އަފްގާނިސްތާނުގެ ތަލިބާނުން ބުނީ އެ ހަމަލާއާ އެ ޖަމާއަތާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.-- ބީބީސީ--

comment ކޮމެންޓް