އާލިއާ ބަޓްގެ ފޮލޯވަރުންގެ އަދަދު 50 މިލިއަނަށް

އާލިއާ ބަޓް---

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާ އާލިއާ ބަޓްގެ އިންސްޓަގްރާމަށް 50 މިލިއަން ފޮލޯވަރުން ލިބިއްޖެ އެވެ.

އޭނާ އަށް އިންސްޓަގްރާމުން 50 މިލިއަން ފޮލޯވަރުން ލިބުމާ ގުޅިގެން އޭނާ ވަނީ އިންސްޓަގްރާމުގައި ޕޯސްޓެއް ވެސް ހިއްސާކޮށްފަ އެވެ. އިންސްޓަގްރާމުގައި އާލިއާއަށް 50 ފޮލޯވަރުން ހަމަވުމާއެކު އޭނާ އަންނަނީ އޭނާގެ ފޭނުންނަށް ޝުކުރުއަދާކުރަމުންނެވެ. އާލިއާ ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި އޭނާއަށް ވަރަށް މުހިއްމު ކަންތައްތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް އެނގިއްޖެ ކަމަށާއި ސޯޝަލް މީޑިއާ އަކީ އެންމެން ގުޅުވައިދޭ ތަނެއް ކަމަށެވެ.

އޭނާ ބުނީ އިންސްޓަގްރާމަށް 50ބމީހުންގެ ފޮލޯވަރުން ލިބުނު ދުވަހާއި 50 މިލިއަން ފޮލޯވަރުން ލިބުނު ދުވަހާ މިއަދު ވެސް ތަފާތެއް ނުވާކަމަށާއި އެދުވަހު ވެސް މިއަދު ވެސް އޭނާ އެކަމާ ވަރަށް އުފާވާ ކަމަށެވެ. އަދި ފޭނުންގެ ހިފެހެއްޓުމެއްނެތް ލޯތްބަށް ޝުކުރުއަދާކުރާ ކަމަށެވެ.

ބޮލީވުޑްގެ އެކްޓަރުން ތެރެއިން އިންސްޓަގްރާމުގައި އެންމެ ފޮލޯވަރުން ގިނައީ ޕްރިޔަންކާ ޗޯޕްރާގެ އެވެ. އޭނާއަށް 58 މިލިއަން މީހުން ފޮލޯކުރެ އެވެ. ދެވަނައިގައި ޝްރައްދާ ކަޕޫރު 56 މިލިއަނުގައި އޮތް އިރު ތިންވަނާގައި އޮތް ދީޕިކާ އަށް 52 މިލިއަން މީހުން ފޮލޯކުރެ އެވެ. ކުރިން ލިސްޓްގެ ދެވަނާގައި އޮތީ ދީޕިކާ އެވެ. ނަމަވެސް ޝްރައްދާ މިވަނީ ދީޕިކާ ވަށްޓާލުމަށް ފަހު ކުރިއަށް ޖެހިލާފަ އެވެ. ހަތަރުވަނަ އަށް އެންމެ ގިނަ މީހުން ފޮލޯކުރާ ތަރިއަކަށް އާލިއާ ވީއިރު އޭނާއާ އެންމެ ގާތް ކުރަނީ ޖެކަލީން ފާނަންޑޭޒް އެވެ.

ބަތަލާ އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު ބުރައްމަސްތުރާ އިންނެވެ.

comment ކޮމެންޓް