ޝާހު އާއި ކާޖޮލްގެ ޑީޑީއެލްޖޭ އަލުން ސިނަމާތަކަށް

ފިލްމުގެ މަންޒަރެއް--

އޮން ސްކްރީން ލޯބި ޖޯޑު ޝާހްރުކް ޚާން އާއި ކާޖޮލް މީގެ 25 އަހަރުކުރިން ކުޅުނު ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" (ޑީޑީއެލްޖޭ) އަލުން ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.

އެ ފިލްމު ރިލީޒްކުރިތާ މި މަހު 25 ފުރުމާއެކު އެކަން ފާހަގަކުރުމުގެ ގޮތުން އެ ފިލްމު 18 ގައުމެއްގެ ސިނަމާތަކުގައި އަޅުވަން ވަނީ ނިންމާފައެވެ. އިންޑިއާ ސިނަމާތަކުގެ އިތުރުން ޑީޑީއެލްޖޭ އަޅުވާނީ ޖާމަނީ، ޔޫއޭއީ، ސައުދީ އަރަބިއާ ގަތަރު، ޔޫއެސްއޭ، ޔޫކޭ، ކެނެޑާ، މޮރީޝިއަސް، ސައުތް އެފްރިކާ، އޮސްޓްރޭލިއާ، ނިއު ޒިލޭންޑް، ފިޖީ، ނޯވޭ، ސުއިޑަން، ސްޕެއިން، ސްވިޓްޒަލޭންޑް، އެސްޓޯނިއާ އަދި ފިންލޭންޑުގައެވެ.

ނަވާރަސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު ޑީޑިއެލްޖޭ އަށް ވަނީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދައިފަ އެވެ. ހަތަރު ކުރޯޑުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 1.22 ބިލިއަން އިންޑިއަން ރުޕީސް ލިބިފަ އެވެ.

ގިނަ އެވޯޑުތަކެއް ވެސް ލިބުނު އެ ފިލްމުގެ ލަވަތަކަކީ މިއަދާ ހަމައަށްވެސް އާންމުންގެ މެދުގައި ނުހަނު މަގްބޫލު ލަވަތަކެކެވެ. މި ފިލްމަކީ ޔަޝް ޗޯޕްޅާގެ ދޮށީ ދަރިފުޅު އަދިތިޔާ ޗޯޕްޅާގެ އަލަތު ޑައިރެކްޝަނެވެ.

comment ކޮމެންޓް