އައިޖީއެމްއެޗާ ދިމާ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

އައިޖީއެމްއެޗާ ދިމާ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އައިޖީއެމްއެޗާ ދިމާ ބޭރުން މޫދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 10:40 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް