ޓީއެމްއޭގެ ސީޕްލޭނެއް އެކްސިޑެންޓް ވެއްޖެ

ޓީއެމްއޭގެ ސީ ޕްލޭނެއް: --- ފޮޓޯ: ޓީއެމްއޭ

ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭނެއް އެކްސިޑެންޓް ވެއްޖެ އެވެ.

މި ހާދިސާ ހިނގިކަން އަންގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ނެރުނު ބުލެޓިންގައި ބުނީ ހާދިސާ ހިނގީ މިއަދު ހެނދުނު 11:48 ހާއިރު ކަމަށެވެ.

ޓީއެމްއޭގެ ޑީއެޗްސީ-6 މަރުކާގެ މަތިންދާބޯޓެއް ނ. މެދަފުށި ވޯޓާޑްރޯމް ރަންވޭއަށް ޖެއްސުމަށްފަހު، ފަޅުގައި އަޅާފައިވާ އުޅަނދެއްގައި ބޯޓުގެ ވާތް ފަރާތު ފިޔަގަނޑު ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށް ސީއޭއޭ އިން ބުންޏެވެ.

އެކްސިޑެންޓު ހިނގިއިރު، ބޯޓުގައި 14 ފަސިންޖަރުންނާއި ތިން ކްރޫ އިން ތިބި ކަމަށްވެސް ސީއޭއޭ އިން ބުންޏެވެ.

މި ހާދިސާގައި ބޯޓުގައި ތިބި އެއްވެސް ފަސިންޖަރަކަށް ގެއްލުންވެފައެއް ނުވެއެވެ. އަދި ކްރޫއިންގެ ތެރެއިން އެއްވެސް މީހަކަށްވެސް އަދި އިތުުރ ފަރާތަކަށްވެސް މިހާދިސާގައި ގެއްލުން ވެފައި ނުވާކަމަށް ސީއޭއޭ އިން ބުންޏެވެ.

މި ހާދިސާގައި އެ ބޯޓުގެ ވާތް ފަރާތު ފިޔަގަނޑަށް ގެއްލން ވެފައިވާ ކަމަށާއި ސިވިލް އޭވިއޭޝަނުން މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ އޮތޯރިޓީ އިން ބުންޏެވެ.

comment ކޮމެންޓް