އެކި ވައްތަރުގެ ޑިސްޕޯސިބަލް ތަށްޓާއި ފޮށި، ރެޑްސްޓާއިން

ރެޑް ސްޓާއިން ވިއްކާ ބައެއް ޑިސްޕޯސިބަލް ތަށްޓާއި ފޮށި--

ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ދުވަހެއް ދުވަހަކަށް ފުޅާވަމުންދާއިރު، ޑިސްޕޯސިބަލް ތަށްޓާއި ކޮތަޅު އަދި ފޮށި ފަދަ ތަކެތީގެ މުހިންމުކަން ވެސް ދަނީ އިތުރުވަމުންނެވެ. ލޮކްޑައުންއަށް ފަހު ކާބޯތަކެތި އަމިއްލައަށް ގޭގައި ތައްޔާރުކޮށްގެން ވިއްކާ މީހުންނާއި ހޯމް ބޭކާސް ވެސް ވަނީ ގިނަވެފަ އެވެ.

މިއާއެކު ކާބޯތަކެތި ރައްކާކުރެވޭ ޑިސްޕޯސިބަލް ތަށްޓަށް އޮންނަ ޑިމާންޑު ވެސް ވަނީ އިތުރުވެފަ އެވެ. މިތަކެތި އެއްތަނަކުން ފަސޭހައިން ހޯދާނަމަ ހިޔާރުކުރަންވީ ރެޑް ސްޓާ އެވެ.

ރެޑް ސްޓާއިން ވިއްކާ އުފެއްދުންތަކުގެ ތެރޭގައި ކާނާ ބަންދުކުރާ އެކި ސައިޒުގެ ތަށި، އައިސްކްރީމް އަދި ކޮފީ ފަދަ ބުއިން އަޅަން ބޭނުންކުރާ ކަރުދާސް ތަށްޓާއި ޕިއްޒާ ފޮށި ހިމެނެ އެވެ.

ރެޑް ސްޓާއިން ވިއްކާ ބައެއް ޑިސްޕޯސިބަލް ތަށި--

މީގެ އިތުރުން ރައްކާތެރިކަމާއެކު ނައްތާލެވޭ ކަރުދާސް ކޮތަޅާއި ލަކުޑިން ހަދާފައި ހުންނަ އުލާއި ސަމްސާފަދަ ތަކެތި ވެސް ރެޑް ސްޓާއިން ލިބޭނެ އެވެ.

ވަކިން ވިއްކުމުގެ ބަދަލުގައި މި ހުރިހާ އެއްޗެއް ވެސް ރެޑް ސްޓާއިން ވިއްކަނީ ހޯލްސޭލްކޮށެވެ.

ރެޑް ސްޓާގެ ދެ ފިހާރަ މާލޭގައި ހުރެ އެވެ. އެއީ ސީގަލް ކެފޭ ޖެހިގެން ޗާނދަނީމަގުގައި ހުންނަ ރެޑް ސްޓާގެ ފިހާރައާއި ގަޑިބުރު ކައިރިން ފަރީދީމަގުގައި ހުންނަ ފިހާރަ އެވެ.

ފަރީދީމަގުގައި ހުންނަ ރެޑް ސްޓާގެ ފިހާރަ-- ސަން ފޮޓޯ

ޑިސްޕޯސިބަލް ތަށްޓާއި ފޮށީގެ އިތުރުން ރެޑް ސްޓާއިން ވިއްކާ ތަކެތީގެ ތެރޭގައި ހޯމް އެޕްލަޔަންސް، ކިޗަންވެއާ، ހާޑްވެއާ އަދި ހޯމްވެއާ ސާމާނު ހިމެނެ އެވެ.

ރެޑް ސްޓާގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުން ވެސް އެތަނުން ވިއްކާ މުދާ ބަލައިލެވޭނެ އެވެ. އަދި އިތުރު މައުލޫމާތު 3319699 އާއި 3309699 ނަންބަރަށް ގުޅާލުމުން ވެސް ލިބޭނެ އެވެ.

comment ކޮމެންޓް