ކުޅުދުއްފުށި ބަނދަރު ބޮޑުކުރުން ނިމުމަކާ ގާތަށް

ކުޅުދުއްުފުށީ ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އެމްޓީސީސީ

ހދ. ކުޅުދުއްފުށި ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ 98 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

އެ މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނީ ކުޅުދުއްފުށީ ބަނދަރު ފުޅާކޮށް، ބޮޑުކުރުމުގެ މަސައްކަތުގެ 98 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަހުގެ ނިޔަލަށް މި މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް އެމްޓީސީސީ އިން ލަފާކުރެއެވެ.

މި މަޝްރޫއުގެ ދަށުން 236،844 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކޮށް، 24،450 ކިޔުބިކް މީޓަރުގެ ސަރަހައްދެެއްގެ ބިން ހިއްކައި، 1،000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ކޮންކްރީޓުގެ މަސައްކަތްކުރާނެއެވެ. އަދި އެއްގަމު ތޮށި ހިމެނޭ ސަރަހައްދުގެ ބިންގަނޑު އެއްވަރުކޮށް ގާއަތުގައި ކާނުގަނޑުގެ މަތި އެޅުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެއެވެ.

މަޝްރޫއުގެ އަގަކީ 129.5 މިލިއަން ރުފިޔާ އެވެ. އެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުުގެ ޑިސެމްބަރު މަހުއެވެ،

comment ކޮމެންޓް