މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވީ 45 މީހުން

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު 45 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި ޕޮޒިޓިވްވީ، އަށް ދިވެހީންނާއި 37 ބިދޭސީންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހުންނަކީ މާލެ ފިޔަވައި އެހެން ސަރަހައްދުތަކުން ޕޮޒިޓިވްވި މީހުންނެވެ.

މިހާތަނަށް ރާއްޖެއިން 11،316 މީހަކަށް ކޮވިޑް-19 ޖެހިފައިވެ އެވެ. މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 988 އެވެ. އޭގެ ތެރެެއިން ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދަނީ 38 މީހަކަށެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވެފައިވާ މީހުންގެ އަދަދަކީ 37 އެވެ.

comment ކޮމެންޓް