ލުފްތަންސާ އިންވެސް މިމަހު 27 ގައި ރާއްޖެއަށް ދަތުރު ފަށަނީ

ލުފްތަންސާގެ ބޯޓެއް ވީއައިއޭގައި -- ސަން ފައިލް ފޮޓޯ

ލުފްތަންސާ އެއާލައިނުން އިން މިމަހު 27 ގައި ރާއްޖެއަށް ދަތުރު ފަށަން ތައްޔާރުވެއްޖެ އެެވެ.

ޖަރުމަނުގެ ފްރޭންކްފާޓައި މާލެ އާއި ދެމެދު އެ އެއާލައިނުން މިމަހު ދަތރު ފަށާއިރު ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން އެ އެއާލައިނުން ރާއްޖެއަށް ދަތުުރުތައް ބޭއްވި އެވެ.

ޖަރުމަނާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް މިމަހު 27 ގައި ފަށާއިރު އަންނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށްވެސް ލުފްތަންސާ އިން ރާއްޖެއަށް ދަތުރުތައް ބާއްވަން ނިންމާފައިވެއެވެ. ރާއްޖެ-ޖަރުމަނު ދަތުރުތަކުގެ ފްލައިޓު މިހާރު ބުކް ކުރެވޭނެ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އަންނައިރު 96 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓު ނަތީޖާ ބޭނުންވެ އެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު، އަލުން ބޯޑަރުތައް ހުޅުވާލިފަހުން މިމަހުގެ 15 ގެ ނިޔަލަށް 27،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ބޮޑެތި ގިނަ އެއާލައިނުތަކުން ރާއްޖެއަށް ދަތުރު ފަށާއިރު، މިހާރުވެސް ގިނަ އެއާލައިންތަކަކުން ދަނީ ރާއްޖެއަށް ދަތުރު ބާއްވަމުންނެވެ.

އެގޮތުން އިއްތިހާދު، އެމިރޭޓްސް، ގަތަރު، އޭރޯފްލޯޓު، އެޑެލްވައިސް އަދި ޓާކިޝް އެއާގެ އިތުރުނ ބްރިޓިޝް އެއާވޭސް އިންޑިއާގެ އިންޑިގޯ އާއި އެއާ އިންޑިއާ، ސްރީލަންކަން އިންވެސް ރާއްޖެއަށް ދަތުރު ބާއްވަ އެވެ.

ފްލައި ދުބާއީ އަދި ނޯޑްވިންޑުންވެސް ވަނީ ރާއްޖެ އަށް ދަތުރު ފަށަން ތައްޔާރުވެފަ އެވެ.

comment ކޮމެންޓް