ނިއުޒިލެންޑްގެ ބޮޑުވަޒީރަށް ރައީސްގެ މަރުހަބާ

ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ -- ފޮޓޯ: ގެޓީ

ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި އެ ގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުޙަބާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފި އެވެ.

ޖަސިންޑާ، ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތީ، މިދިޔަ ހަފުތާގައި ބޭއްވި އެ ގައުމުގެ އާންމު އިންތިހާބުގައި ލޭބާ ޕާޓީއިން ހޯދި ކާމިޔާބީ އާ އެކުގައެވެ.

ރައީސްގެ މެސެޖުގައ ވިދާޅުވީީ އިންތިހާބުގައި ލޭބާ ޕާޓީއިން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، އެ ކާމިޔާބީގެ ފަހަތުގައި ވަނީ، އެ ކަމަނާގެ ހިންގުންތެރި ސިޔާސަތުތައް ކަމަށެވެ.

ހާއްސަކޮށް، ކޮވިޑް-19 ގެ ހާލަތާއި ކުރިމަތިލުމަށް ނިއު ޒިލެންޑުގެ ބޮޑުވަޒީރު ގެންގުޅުއްވާ ސިޔާސަތުތަކަކީ، މުޅި ދުނިޔޭގެ ތަޢުރީފު އެ ލިބުނު ސިޔާސަތުތަކެއް ކަން ފާހަގަކުރައްވައި، އެ ސިޔާސަތުތަކަށް ތައުރީފުކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވަނީ ޖަސިންޑާ އާޑާންގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގައި ވެސް ދެ ރާއްޖެ އާއި ނިއު ޒިލެންޑުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް