"ބައިޖޫ ބަވްރާ" އަށް ދީޕިކާ، ރަންބީރު އަދި އާލިއާ

ބައިޖޫ ބަވްރާގެ ތަރިންނަކީ އާލިއާ، ރަންބީރު އަދި ދީޕިކާ---

ސަންޖޭ ލީލާ ބަންސާލީ ގެނެސްދޭ ފިލްމު "ބައިޖޫ ބަވްރާ" އަށް ދީޕިކާ ޕަދުކޯން އާއި ރަންބީރު ކަޕޫރު ހަމަޖެއްސިއިރު އެ ފިލްމަށް އާލިއާ ބަޓް ވެސް ގުޅިއްޖެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ފަސް އަހަރަށް ފަހު ދީޕިކާ އާއި ރަންބީރު އެކުގައި ސްކްރީނުން ފެނިގެންދާކަން އިއުލާންކުރުމާ އެކު ދެ ތަރިންގެ ފޭނުން ތިބީ ވަރަށް އުފަލުންނެވެ. ފިލްމުގެ އަންހެން ލީޑު އާލިއާ އާއި ދީޕިކާ ކުޅޭއިރު ފިރިހެން ލީޑު ރޯލު ކުޅޭނީ ރަންބީރެވެ. މި ފިލްމުގެ ސްކްރިޕްޓް ތަރިންނަށް ކިޔައިދިނުމާ އެކު ފިލްމުކުޅެން އާލިއާ އެއްބަސްވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ހަމަގައިމު ވެސް ބައިޖޫ ބަވްރާ ވެގެންދާނީ ވަރަށް ހާއްސަ ފިލްމަކަށެވެ. ޝައުގުވެރި ފިލްމަކަށެވެ. މި ފިލްމުވެގެންދާނީ ދީޕިކާ އާއި ރަންބީރު ރުޅިވުމަށް ފަހު އެކުގައި ފެނިގެންދާނެ ތިން ވަނަ ފިލްމަށެވެ. ރަންބީރަކީ އާލިއާ ބަޓްގެ މިހާރުގެ ލޯބިވެރިޔާ އެވެ.

ރަންބީރު އާއި ދީޕިކާ ވަނީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިފަ އެވެ. ދެތަރިން އެކުގައި އެންމެ ފަހުން ކުޅުނު ފިލްމަކީ "ތަމާޝާ"އެވެ. ރަންބީރާއި ދީޕިކާ އެންމެ ފުރަތަމަ އެކީގައި ކުޅުނު ފިލްމަކީ 2009 ވަނަ އަހަރު ނެރުނު، "ބަޗްނާ އޭ ހަސީނޯ" އެވެ.

މި ފިލްމަކީ ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2021 ވަނަ އަހަރަށް ތާވަލްކޮށް ގެނެސްދޭ ފިލްމެކެވެ.

comment ކޮމެންޓް