އައްޑޫގެ މާރާމާރީއެއްގައި ވަޅިން މީހަކު "ކޮށާލައިފި"

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ "ކޮށާލައިފި" އެވެ.

ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރަމާރީގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ ދަންވަރު 12:38 ގައެވެ.

ފުލުހުން ބުނީ، އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމްވެފައިވާ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

"މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން. އަނިޔާ ލިބުނު މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވޭ،" ފުލުހުން ބުންޏެވެ.

ޒަހަމްވި މީހާގެ ފޮޓޯތަކެއް "ސަން"އަށް ވަނީ ލިބިފައެވެ. އެގޮތުން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ކަތިވަޅިއެއްފަދަ ތޫނުއެއްޗަކުން ސީރިއަސް ޒަޚަމްތަކެއް ދީފައެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ އަތް ތިލައިން ބައެއް ވަނީ ބުރިކޮށްލާފައެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެެއެވެ.

comment ކޮމެންޓް