ކުޅުދުއްފުއްޓަށް އަރައި ފޭބުން އަނެއްކާވެސް މަނާކޮށްފި

ހދ. ކުޅުދުއްފުށި ބަނދަރު ސަރަހައްދު: އެ ރަށް އަނެއްކާ ވެސް ވަނީ މޮނިޓަރިންއަށް ގެނައިސްފައި --- ފައިލް ފޮޓޯ: ކުޅުދުއްފުށި.ކޮމް

ކޮވިޑް-19 އާ ގުޅިގެން އަނެއްކާ ވެސް ހދ. ކުޅުދުއްފުށި ސިޓީއަށް އަރައި ފޭބުން އަނެއްކާވެސް މަނާކޮށްފިއެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނައިސްފައިވަނީ މިރޭ 10:30 ގަ އެވެ. ނަމަވެސް މޮނިޓަރިންނަށް ގެންނަން ޖެހުނު ސީދާ ސަބަބު އެޗްޕީއޭ އިން ހާމަކޮށްފަ އެއް ނުވެއެވެ.

މި ފަހުން މި މަހުގެ ފަސް ވަނަ ދުވަހު ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އެ ސިޓީގެ ހޮސްޕިޓަލަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެއީ ފުލުހެކެވެ.

އޭނާ ޕޮޒިޓިވްވުމާ ގުޅިގެން އެ އަތޮޅުގެ ގިނަ ރަށްތަކެއް މޮނިޓަރިންނަށް ލާން ޖެހުނު އެވެ. އެއީ އޭނާ އެ ރަށްތަކަށް ދަތުރު ކޮށްފައިވާތީ އެވެ.

މި ފަހަރު އަނެއްކާ ވެސް ކުޅުދުއްފުށި މޮނިޓަރިންނަށް ގެނައިސްފައި މިވަނީ އެ ރަށުން އިއްޔެ ދެ މީހަކު ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެ ދެ މީހުންނަކީ ވެސް ދެ ފުލުހުންނެވެ.

comment ކޮމެންޓް