މާދަމާ ހެނދުނު ރައީސް ގައުމާ މުހާތަބު ކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ/ ރައީސް އޮފީސް

ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބިއުލްއައްވަލު މަހުގެ އެއް ވަނަ ދުވަހެވެ. މި އަހަރުގެ ގައުމީ ދުވަސް ބައްދަލު ވަނީ މާދަމާ އަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު މާދަމާ ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނީ މީޑިއާގެ ވަަސީލަތްތައް މެދުވެރިކޮށް، މާދަމާ ހެނދުނު 10:00ގަ އެވެ.

މާދަމާ ރައީސް ގައުމާ މުހާތަބު ކުރަން ހަމަޖެހިފައިވާއިރު، ގައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަސްމީ ޖަލްސާ މި އަހަރު ނުބާއްވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ. އެ ޖަލްސާގައި ކުރިން ދެމުން އަންނަ ގައުމީ އިނާމު ދިނުން ވެސް ވަނީ ފަސްކޮށްފަަ އެވެ. އެއީ ކޮވިޑް-19ގެ ހާލަތާ ހެދި އެވެ.

comment ކޮމެންޓް