ކުޅުދުއްފުށިން އިތުރު ދެ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށި ސިޓީ: އެ ސިޓީގެ އިންތިހާބީ ހަ ދާއިރާ މިރޭ ވަނީ ކަނޑައަޅައިފައި -- ފޮޓޯ/ ޕީއެސްއެމް

ކުޅުދުއްފުށި ސިޓީއިން އިތުރު ދެ ފުލުހަކު މިއަދު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްއީއޯސީގެ އޮފިޝަލަކު ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އެއާއެކު މިހާރު ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނި 15އަށް އަރާފަ އެވެ.

އެޗްޕީއޭއިން ކޮންމެ ދުވަހަކު އާންމުކުރާ އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ހިމެނޭ ލިސްޓުގައި އިއްޔެ ވެސް ކުޅުއްދުފުށިން ދެ ކޭސް ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ.

މި ކްލަސްޓާގެ ފުރަތަމަ ކޭސް ފެނުނީ މިމަހުގެ ފަސްވަނަ ދުވަހުގަ އެވެ. ފުރަތަމަ ޕޮޒިޓިވްވި މީހާއަކީ ވެސް ފުލުހެކެވެ.

އޭނާ އެ ސަރަހައްދުގެ އެހެން ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކަށް ގޮސްފައިވުމާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް އޭރު ކުޅުދުއްފުށްޓާއި ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުރިނބީ އަދި ށ. ފުނަދޫ މޮނީޓަރިން ހާލަތަށް ގެންދިޔަ އެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން ޖެހިގެން އައި ދުވަހު އެ ހަ ރަށް މޮނީޓަރިން ހާލަތުން ވަނީ އުވާލާފަ އެވެ.

comment ކޮމެންޓް