ބިދޭސީން ގޮވައިގެން މޯލްޑިވިއަންގެ 40 ވަނަ ފްލައިޓް ބަންގާޅަށް

ރާއްޖޭގައި ގަވާއިދަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 200 ބަންގަލަދޭޝީންނާއި އެކު ގައުމީ އެއާލައިން، މޯލްޑިވިއަންގެ 40 ވަނަ ފްލައިޓް މިއަދު އެ ގައުމަށް ހިނގައްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މި އަހަރުގެ އޭޕްރީލް މަހު ރާއްޖެ ލޮކްޑައުން ކުރުމަށް ފަހު މޯލްޑިވިއަންގެ ފްލައިޓް ތަކުގައި ވަނީ ގިނަ އަދަދެއްގެ ބަންގަލަދޭޝީން އެ ގައުމަށް ފޮނުވާލާފަ އެވެ.

އެގޮތުން މިއަދު ކުރި އެ އެއާލައިންގެ 40 ވަނަ ދަތުރުގައި 200 މީހުން ބަންގާޅަށް ގެންގޮސްފައިވާއިރު މިހާތަނަށް މޯލްޑިވިއަންގެ ފްލައިޓްތައި އެ ގައުމަށް ގެންދިޔަ ދޭޝީންގެ އަދަދު ވަނީ 7732 އަށް އަރާފަ އެވެ. އަދި ބަންގަލަދޭޝްގެ ފްލައިޓްތަކުން އެ ގައުމަށް ގެންދިޔަ ބިދޭސީންއާ އެކު ފޮނުވާލި މީހުންގެ އަދަދު 8000 އިން މައްޗަށް ވަނީ ގޮސްފަ އެވެ.

ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ވެސް ހޯދުމަށް ފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި ގަދަކަމުން ބިދޭސީން ފޮނުވާލެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށެވެ.

comment ކޮމެންޓް