ރަހީނުކުރި ބިދޭސީއަކަށް ހިމާޔަތްދީ، ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

ބިދޭސީންތަކެއް މަގުމަތީގައި މަޑުކޮށްލައިގެން: ބިދޭސީއަކު ރަހީނު ކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރަހީނުކުރި ބިދޭސީއަކަށް ހިމާޔަތްދީ، އޭނާ ރަހީނުކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހިމާޔަތްދީފައި ވަނީ ބަންގްލަދޭޝްގެ މީހަކަށް ކަމަށެވެ. އަދި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ވެސް އެ ގައުމުގެ މީހެއް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް އެ ހާދިސާ ހިނގީ ކޮން ރަށެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ، އަނިޔާ ލިބުނު މީހާ މިހާރު ހުރީ އެ މުއައްސަސާގެ ހިމާޔަތުގެ ދަށުގައި ކަމަށެވެ.

ދޭތެރެ ދޭތެރެއިން ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގައި މާރަމާރީވެސް މީގެ ކުރިން ވަނީ ހިންގާފައެވެ.

comment ކޮމެންޓް