ކޮވިޑާއެކު ޓީޗަރުން ކުރާ ބުރަ މަސައްކަތަށް މުޖުތަމައުގެ އިހުތިރާމު ލިބިއްޖެ: މިނިސްޓަރު

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮވިޑް-19އާ އެކު ޓީޗަރުންކުރާ މަސައްކަތްތައް ބަލައިގަނެ މުޖުތަމައުގެ އިހްތިރާމު ލިބިއްޖެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝާތު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ ކޮވިޑްގެ ހާލަތު އައުމުގެ ކުރިންވެސް ފިލާވަޅުތައް ތައްޔާރުކުރުމަށް ޓީޗަރުންކުރާ ބުރަ މަސައްކަތާ އެކަމަށް ހޭދަވާ ވަގުތު އެނގޭ ކަމަށެވެ. އަދި ފުރަބަންދުގެ ދުވަސްވަރާއި މިހާރު މި އޮތް ނިއު ނޯމަލްގެ ހާލަތުގައި ޓީޗަރުން ފިލާވަޅުތައް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ އިތުރު މަސައްކަތްތައް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

"ސިއްހީ ކާރިސާއެއްގެ ހިރާސްއާ ކުރިމަތިލަމުން، އަމިއްލަ އާއިލާއަށް ވަގުތު ދެމުން، ދަރިވަރުންގެ ހާލު ބަލަމުން، ކުރިން ނުފެންނަ މަންސަތަކަށް ފާގަތިވެ، އެ ބޭނުންކުރުމަށް ތަމްރީން ހޯދާ، ދަރިވަރުންނަށް އާ ފިލާވަޅުތަކެއް ނަންގަވައިދެއްވުމަށް އެބަ ގެންދަވާ. މި ކަންކަމުން ދައްކުވައި ދެނީ މުދައްރިސުންގެ ފަހަލިކަމާއި އާ ކަންކަމަށް ފަރިތަވެގަންނަވާ އަވަސްމިން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަކީ އަބަދުވެސް ހާއްސަ ބައެއް ކަމަށާއި އަދި ކޮވިޑުގެ ހާލަތުގައި ކްލާސްރޫމްގެ ހަތަރު ފާރުން ބޭރުވެ ގޭގެ މެދުގެއަށް ކްލާސްތައް އައުމުން މުދައްރިއްސުން ކުރާ މަސައްކަތްތަކަށް އިތުރަށް ގަދަރުދެވި މުދައްރިސުންނަށް ހިތުގައި ދެވިފައިވާ ލޯބި އިތުރުވެއްޖެ ކަމަށެވެ.

"ކެރުންތެރިކަމާއެކީ ޓެލިކްލާސްތަކުގައި ލަވަ އާއި ޅެންކި އަދީ، ގޫގަލް ކްލާސްރޫމްތަކުގައި އެކިއެކި ކުޅިވަރުތަކާއި ކިޔަވައިދިނުމުގެ އުކުޅުތަކުގެ ޒަރިއްޔާއިން ދަރިވަރުންގެ ސަލާމުކަން ހޯއްދަވާގޮގް ފެނިފައި އެކަމަށް ތައްޔާރުވުމަށް އެކުރައްވާ ބުރަ މަސައްކަތްތައް މުޖުތަމައުގެ އިހްތިރާމް ލިބިއްޖެ" މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ކުއްޖަކު ފިލާވަޅުގައި މަސްއޫލުކުރުމަށްޓަކައި ކުރަން ޖެހޭ ބުރަ މަސައްކަތް ބެލެނިވެރިންނަށް މިހާރު ތަޖުރިބާކުރެވިފައިވާ ކަމަށާއި މުދައްރިސުން ދަރިވަރުންގެ ސަމާލުކަން ހޯދުމަށް ކުރާ މަސައްކަތަށް ޝަރަފު ލިބިއްޖެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަރިވަރުންގެ ކިޔެވުން އާންމު ހާލަތަކަށް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަކަން މިނިސްޓަރު ފާހަގަކުރެއްްވި އެވެ. ނަމަވެސް ކޮވިޑްގެ ކާރިސާއިން ލިބުނު އިބްރަތުން ފިލާވަޅު ލިބި މުދައްރިސުންގެ ހިތްވަރާއެކު އީޖާދީ ވިސްނުންތަކުން މުސްތަގްބަލަށް ކުރަހައިދިން ތަސައްވަރުން އުއްމީދު އާވެއްޖެކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް