ހަގު އަނބި ބަދުނާމު ކުރާތީ، ގާސިމް ހިތުގައި ޖެހިއްޖެ

ގާސިމް އޭނާގެ ހަގު އަނބި ރާނިޔާއާއެކު --

ހަގު އަނބިކަބަލުން ފާތުމަތު ރާނިޔާ ބަނދުނާމުވާ ގޮތަށް ބަޔަކު ވާހަކަ ދައްކާތީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަމަނާގެ ދިފާއުގައި ނުކުމެއްޖެ އެވެ.

އުމުރުން 70 އަހަރުގެ ގާސީމް އުމުރުން 21 އަހަރުގެ ރާނިޔާއާ ކައިވެނި ބައްލައިވަގަތީ މިދިޔަ ބުދަ ދުވަހު އެވެ. ކައިވެނި ބައްލަވައިގެން ފަހުން، ރާނިޔާ ކަމަށް ބުނެ، ޝޯޝަލް މީޑިއާގައި އޭނާގެ ސްކްރީންޝޮޓްތަކަކާއި ބުރުގާ ނާޅާ ހުރި ފޮޓޯތަކެއް ދައުރުވި އެވެ.

އެކަމާ ގުޅިގެން ގާސިމް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ޝޯޝަލް މީޑިއާގައި އެ ދެކަނބަލުންގެ އަގުވައްޓާލަން ބަޔަކު ދޮގު މައުލޫމާތުތަކެއް ފަތުރަމުންދާތީވެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ދައުރުވަމުންދާ ސްކްރީންޝޮޓްތަކާއި ފޮޓޯތަކަކީ، ބަޔަކު އުފައްދައިގެން އުޅޭ އެއްޗެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެ ކަމަކީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ރާނިޔާގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން އެ އެކައުންޓު ހެކް ކުރި މީހުން އުފައްދައިގެން އުޅޭ ލިޔުމާއި ފޮޓޯ އެއީ[ދައުރުވަމުން ދަނީ]،" އެހާ ގިނައިން ޓްވީޓްކޮށް ނުހައްދަވާ ގާސިމް މިއަދު ކުރި ޓްވީޓްގައި ވިދާޅުވި އެވެ.

ހަގު އަނބިކަބަލުން ރާނިޔާ ވަރަށް ބޮޑަށް ދިފާއު ކުރައްވައި ގާސިމް ވިދާޅުވީ، އެގޮތަށް ސްކްރީންޝޮޓްތަކާއި ފޮޓޯތައް ދައުރުކުރަމުން ދަނީ ރާނިޔާ ބެލެކްމެއިލް ކުރަން ކަމަށެވެ.

"އޭރުވެސް ޕޮލިހުންނަށް ވެސް އެނގިވަޑައިގަންނަވާނެ. މިއީ ރާނިޔާ ބްލެކްމެއިލް ކުރަން ކުރި ކަމެއް. އެކަމަކު އެކަން ވެސް ކާމިޔާބެއް ނުކުރެވުނު އިންޝާﷲ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އަލަށް ކައިވެނި ކުރެއްވި ރާނިއާ އާއެކު ގާސިމްގެ ހަތަރު އަނބިން ތިއްބަވަ އެެވެ. އެކައިވެންޏާއެކު ޝޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް އެކި ވާހަކަތަކެއް ފެތުރުނެވެ.

comment ކޮމެންޓް