ބަތަލާ އައްޒަގެ ޓިކްޓޮކް އައިޑީ ވެސް ވެރިފައިކޮށްދީފި

މަރިޔަމް އައްޒަ...

ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ފިޔަޖަމުން އަންނަ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަގެ ޓިކްޓޮކް އައިޑީ ވެރިފައިކޮށްދީފި އެވެ.

އެކްޓަރު އަލީ ސީޒަންގެ ޓިކްޓޮކް އައިޑީ ވެރިފައިކޮށްދިންތާ 24 ގަޑިއިރުނުވަނީސް ވަނީ އައްޒަގެ ޓިކްޓޮކް އައިޑީ ވެސް ވެރިފައިވެފަ އެވެ. އެއާއެކު އެދެތަރިން ވެގެން ގޮސްފައި ވަނީ ރާއްޖޭގައި ޓިކްޓޮކް އައިޑީ ވެރިފައިވި ފުރަތަމަ ތަރިންނަށެވެ. ބަތަލާ އައްޒަގެ ޓިކްޓޮކްގައި 13000 އަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ.

ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޓިކްޓޮކް ޕްލެޓްފޯމުން ގިނަ ދިވެހިން ނުކުމެ ވަނީ މިއަދު ފިލްމީ ދާއިރާއަށް ތައާރަފްވެސްވެފަ އެވެ.

ޓިކްޓޮކުން ވެރިފައިކޮށްދެނީ އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މީހުންނެވެ. އަދި ގިނަ މީހުން ފޮލޯކުރާ އެކައުންޓްތަކެވެ.

comment ކޮމެންޓް