އެމްއައިބީގެ ފައިސާ މޮބައިލް އެޕް: ބޭންކިންގެ ހިދުމަތަށް މާ ފަސޭހަވެއްޖެ

މިހާރު ކޮންމެ ކަމެއްވެސް ކުރަން ބޭނުންވަނީ އެންމެ ފަސޭހަކޮށެވެ. އަތުގައި އޮންނަ މޮބައިލް ފޯނު މެދުވެރިކޮށް އާންމު ދިރިއުޅުމުގައި ކުރަން ބޭނުންވާ އެތައް ކަމެއް ފަސޭހަކަމާއެކު ކޮށްލެވެއެވެ. ސްމާޓު ފޯނުތަކާއެކު ދިރިއުޅުމަށް އެތައް ފަސޭހައެއް އައިސްފިއެވެ. ހާއްސަކޮށް އެކި ހިދުމަތްތައްދޭ ކުންފުނިތަކާއި ވިޔަފާރިތަކުން އެމީހުންގެ އަމިއްލަ އެޕްލިކޭޝަންތައް ތައާރަފުކޮށް، އެތަންތަނުންދޭ ހިދުމަތްތައް ލިބިގަތުމުގައި ރައްޔިތުންނަށް ފަސޭހަކޮށްދީ ލުއިކޮށްދީފި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިންވެސް ވަނީ ބޭންކުން ދޭ ގިނަ ހިދުމަތްތައް އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭނެ ލުއި ފަސޭހަކގޮތް ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ.

އެމްއައިބީގެ މޮބައިލް އެޕްލިކޭޝަން ފައިސާ މޮބައިލް އާއެކު އެ ބޭންކުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ކަސްޓަމަރުންނަށް ބޮޑު ފަސޭހައަކަށް ވާނެއެވެ.

ފައިސާ މޮބައިލް އެޕްލިކޭޝަންގައި ރެޖިސްޓްރީ ވުމަށް އެޕްލިކޭޝަން ޑައުންލޯޑުކޮށް ރެޖިސްޓްރީ ކޮށްލާށެވެ. އެޕްސްޓޯ އަދި ޕްލޭ ސްޓޯ އިންވެސް އެޕް ޑައުންލޯޑު ކުރެވޭނެއެވެ.

ރެޖިސްޓްރީ ފުރިހަމަ ކުރުމަށް ބޭނުންވާނީ އެމްއައިބީގެ އެކައުންޓް ނަންބަރާއި އެކައުންޓް ރެޖިސްޓްރީ ކުރުމަށް ބޭނުންކުރި އީމެއިލް އެޑްރެސްގެ އިތުރުން ފޯނު ނަންބަރުގެ އިތުރުން ބޭންކަށް ދީފައިވާ ސިއްރު ޕާސްކޯޑެވެ.

ޕާސްކޯޑު ޖަހާ ކުރިއަށް ދިޔުމުން ދެން ބޭނުންވާ ޔޫޒާ ނަމަކާއި ޕާސްވޯޑު ޖަހާށެވެ. މި ޔޫޒާ އައިޑީ އާއި ޕާސްވޯޑު ބޭނުންކޮށްގެން އެޕްލިކޭޝަނަށް ލޮގްއިން ވެވޭނެއެވެ. ވެރިފިކޭޝަނަށް، ރެޖިސްޓާޑް މޮބައިލް ނަންބަރަށް އޯޓީޕީއެއް ދިޔުމުން އެ އޯޓީޕީ ޖަހާ، ކުރިއަށް ދާށެވެ.

އެޕްގައި ބޭނުންކުރާނެ ޕިން ނަންބަރެއް ސެޓްކޮށްލުމުގެ އިތުރުން ފިންގާ ޕްރިންޓު ބޭނުންކޮށްގެން އެޕް އަންލޮކް ކުރެވޭނެ ފީޗާ މި އެޕްލިކޭޝަނުގައި ހިމެނެއެވެ.

މި އެޕްލިކޭޝަނުން ކަސްޓަމަރުންނަށް ބޭންކުންދޭ ގިނަ ހިދުމަތްތައް ލިބިގަނެވޭނެއެވެ. ފައިސާ ފޮނުވުމާއި، ފެސިލިޓީގެ ބެލެންސް ބަލައި އެކައުންޓް ބެލެންސް ޗެކުކޮށްލެވޭނެއެވެ. މި ހިދުމަތްތައް ހޯދުމަށް ބޭންކަށް ގޮސް ކިޔުގައި މަޑުކުރުމުގެ ބަދަލުގައި އަމިއްލަ ގޭގައި އިނދެގެންވެސް ފަސޭހަކަމާއެކު ހިދުމަތް ލިބިގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް މިހަރު އެބައޮތެެވެ.

ފައިސާ ފޮނުވުމާ ބެލެންސް ބެލުމުގެ އިތުރުން ފައިސާ މޮބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން އިސްލާމިކް ބޭންކުގެ ކަސްޓަމާ ސާވިސް އަށް މެސެޖު ކޮށްލެވޭނެއެވެ. އެހެން ބޭ ންކުތަކުގެ އެކައުންޓު އެޑްކޮށް ފައިސާ ފޮނުވުމުގެ ފަސޭހަވެސް މި އެޕްލިކޭޝަނުން ލިބޭނެއެވެ. މީގެ އިތުރުން އެމްއައިބީގެ ފައިނޭންޝަލް ފެސިލިޓީސް ނަގާފައި ތިބޭ ކަސްޓަމަރުންނަށް، ފައިނޭންޝަލް ފެސިލިޓީގެ ބެލެންސް ބަލާލައި، ޕޭމެންޓުތަކުގެ ތަފްސީލު ބަލާލެވޭނެއެވެ.

މި އެޕްލިކޭޝަން އަކީ ކަސްޓަމަރުންނަށް ފަސޭހަވާނެ ޔޫޒާ އިންޓަފޭސްއަކާއެކު ޑިޒައިން ކޮށްފައިވާ އެޕްލިކޭޝަނެކެވެ. ސްމާޓު ފޯނުގެ މި ޒަމާނުގައި އިނގިލިކުރިން ބޭންކިންގެ ހިދުމަތް ފަސޭހަކަމާއެކު މި އެޕްލިކޭޝަން މެދުވެރިކޮށް ލިބިގަނެވޭނެ އެވެ.

comment ކޮމެންޓް