މިއަދު ޕޮޒިޓިވްވީ 31 މީހުން

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވީ 31 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި ހަ ބިދޭސިންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ފެނުނު 31 ކޭސްގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ފެނުނު 26 ކޭހާއި ރަށްރަށުން ފެނުނު ފަސް ކޭސް އެވެ.

މިހާރު 1،250 މީހަކު ދަނީ ބައްޔަށް ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ 82 މީހުން ހިމެނޭއިރު މީގެ ތެރޭގައި އައިސީޔޫގައި ފަރުވާ ދެމުންދާ ތިން މީހަކާއި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ދެ މީހަކު ހިމެނެއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރު ވަނީ 10،045 އަށް އަރައިފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ 81 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަކީ 8،754 އެވެ

މި ބަލީގައި 34 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް