ކާގޯ ފެރީ އާއެކު އިންޑިއާ- ރާއްޖެ އެކުވެރިކަން ބަދަހިވާނެ: ރައީސް

ޖޫން 8، 2019: ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅު ތަކާއި ދެޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އުތުރު އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މިއަދު ފެށުނު ކާގޯ ފެރީ ދަތުުރުތަކާއެކު ދެ ގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން ކޮޗިން ބަނދަރަށްގޮސް، އެ ކާގޯ ފެރީ މިއަދު ވަނީ ހދ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައެވެ.

ކާގޯ ފެރީގެ ފުރަތަމަ ދަތުރާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެ ގައުމުގެ ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އެ ކާގޯ ފެރީ ކޮޗިން އާއި ކުޅުދުއްފުށި އަދި މާލެ އާއި ދެމެދު ދަތުރު ކުރާނެއެވެ.

"މި ދަތުރުތަކާއެކު ރާއްޖެެ-އިންޑިއާގެ އެކުވެރިކަން އިތުރަށް ބަދަހިވެ ގައުމަށް އިތުރު ކުރިއެރުން އަންނާނެ އެވެ،" ރައީސް ގެ ޓްވީޓުގައި ވިދާޅުވިއެވެ.

ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ގެނެސްފައިވަނީ ކާ 500 ޓަނުގެ ސިމެންތި އާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދަލެވެ.

ކުޅުދުއްފުއްޓަށް މުދާ ހުސްކުރުމަށްފަހު ބޯޓު ދެން ދަތުރުކުރާނީ މާލެ ޕޯޓަށެވެ. ގައުމީ ޝިޕިން ކުންފުނިން ބުނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދުކުރާ ކޮންމެ ދަތުރު 10 ދުވަސް ހޭދަވާނެކަމަށެވެ.

އެ ކާގޯ ފެރީގެ ދަތުރުތަކުގައި ބޭނުން ކުރަނީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސް.ސީ.އައި)އިން އޮޕަރޭޓްކުރާ "އެމްސީޕީ" ނަމަކަށްކިޔާ ކާގޯ ބޯޓެކެވެ.

comment ކޮމެންޓް