އިންޑިއާ ފެރީ އަކީ، މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަށް ގެނައުމުގެ ފެށުން: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާ އާއި ކުޅުދުއްފުއްޓާ ދެމެދު ފެރީގެ ހިދުމަތް ފެށުމަކީ، ތަރައްގީގެ ކަންކަމުގައި މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ފެށުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއް ޖެއެވެ.

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުޓާ ދެމެދު ފެރީގެ ހިދުމަތް ފަށާައި، ފުރަތަމަ ފެރީ މިއަދު ވަނީ އެ ސިޓީއަށް ބަނދަރުކޮށްފަ އެވެ.

ފެރީ ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، މިއަދު ފެންނަމުން ދާ މަންޒަކީ ހުރިހާ ކަންކަމެއް މާލެއަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި ހަގީގީ ލާމަރުކަޒީ ނިޒާމެއް ތަންފީޒުވެގެންދާތަން ކަމަށެވެ. އެގޮތުން ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަަމުންދާ ކަމަށާއި އެކަމުގެ ހަގީގީ ފައިދާ އެ ސަރަހައްދެއްގެ ރައްޔިތުންނަށް ކުރަމުންދާ ކަމަށެވެ.

"މިއަދު މި ފެށި ފެރީ ސާވިސްގެ ސަބަބުން އަޅުގަނޑުމެންނަށް ފަހި ވެގެންދާ އެންމެ ބޮޑު އެއް ކަމަކީ، މާލެއަށް ބަރޯސާވެ، ތަރައްގީގެއް ކަންކަން ކުރުމުން މިއައި އައުން ނިމުމަކަށް ގެނައުމުގެ ގެނައުމުގެ ފެށުން،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ލާމަރުކަޒީ ކުރުމަކީ، ހަމައެކަނި ގާނޫނަކުން ކުރެވޭ ކަމެއް ނޫން ކަމަށާއި އެކަން ތަންފީޒުވެގެންދާތަން މިއަދު ސަރުކާރުން ކުރައްވާ ކަންތައްތަކުންވެސް ހާމަވަމުންދާ ކަމަށެވެ.

"ލާމަރުކަޒީ ކުރުމަކީ ދަތްދޮޅީގެ ހުރިހާ އޮޕަރޭޝަނެއް މާލޭގައި ކުރުމެއް ނޫން. އިއްޔެ އައްޑު އަތޮޅުގައި ދަތްދޮޅީގެ އޮޕަރޭޝަނެއް ކުރެވިގެން އެ ދިޔައީ. އެއީ ލާމަރުކަޒީ ކުރުމަކީ،" އިއްޔެ އައްޑޫ ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނަށް އިޝާރަތް ކުރައްވާ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، އިންޑިއާއާއި ކުޅުއްދުއްފުއްޓާ ދެމެދު ފެރީގެ ހިދުމަތް ފެށުމަކީ، މިސަރުކާރުން ވައުދުތައް ފުއްދާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އެގޮތުން ފެރީ ހިދުމަތަކީ އުތުރުގެ ތަރައްގީގެ ފެށުމުގެ ގޮތުގައި އެނާ ސިފަ ކުރެއްވި އެވެ. އަދި ބޮޑު

"އަޅުގަނޑުމެން މިއަދު މި ފަށާ ފެށުމަކީ، އުތުރަށް އަންނަ ތަރައްގީގެ އާ ފެށުން. ހަގީގަތުގައި ހުޅުވާލެވޭ ކޮންމެ ދޮރަކީ، ކޮންމެ ފާލަމަކީ އިގްތިސާދަށް އަންނަ ދިރުމެއް. އެއްތަނެއްގައި ހުންނަ މުދާ އަނެއް ތަނަށް ގެންދިޔުމަށް މަގުފަހުކޮށްދިނުން. އެއީ ހަގީގީ ދިރުން އައުމަކީ،" ޝާޙީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ހިދުމަތާއެކު ބޮޑު ތިލަދުންމަތި "ބޮޑުކޮށް" ތަރައްގީވެގެން އަންނާނެ ކަމަށެވެ. އެގޮތުން އިގްތިސާދު ފުޅާވެ، އެ ސަރަހައްދުގެ ފަތުރުވެރިކަމަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު ހަގީގީ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީގެ ކުރާނެ ކަމުގެ ޔަގީންކަންވެސް ޝާހިދު ދެއްވިއެވެ. އަދި އެ މަސައްކަތް އަންނަ އަހަރު ކުރީ ކޮޅު ފެށޭނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"ސަރުކާރުން ބޭނުން ވަނީ މުޅި އުތުރު، މުޅި ބޮޑު ތިލަދުންމަތި ފަތުރުވެރިކަމުގެ މުއްސަނދިކަމުން ފުރާލުން. އެކަން އަޅުގަނޑުމެން މަގުފަހިކޮށްދޭނަން،" ޝާހިދު ވިދާޅުވި އެވެ.

އިންޑިއާ ފެރީގެ ހިދުމަތް އިފްތިތާހު ކުރުމުގެ ޖަލްސާގައި އިންޑިއާއަށް ރާއްޖެއަށް ކަނޑުއަޅުއްވާފައިވާ ސަފީރާއި ކުޅުދުއްފުށީ މަޖިލިސް ދެ ދާއިރާގެ މެމްބަރުންނާއި ކައުންސިލް މެމްބަރުންވެސް ބައިވެވަޑައިގެންނެވިއެވެ. ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ.

އިންޑިއާގެ ކޮޗިން އާއި ކުޅުދުފުއްޓާއި މާލެއާ ދެމެދު ބާއްވާ އެ ކާގޯ ފެރީ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ މަހަކު ދެ ފަހަރު އެވެ. އެ ދަތުރުތަކުގައި ބޭނުން ކުރާ ބޯޓުގައި 20 ފޫޓު، އަށް ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެ އެވެ. އެއީ 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯ އެވެ.

comment ކޮމެންޓް