އިސްރާއިލާ ގުޅުން ގާއިމްކުރީ ފަލަސްތީނުގެ ދައުލަތެއް އުފައްދައި ސުލްހައަށް ޖާގަދޭން: ބަހްރެއިން

ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ--

އިސްރާއިލާ ގުޅުން ގާއިމްކުރީ ފަލަސްތީނުގެ ދައުލަތެއް އުފައްދައި ސުލްހައަށް ޖާގަދޭންކަމަށް ބަހްރެއިން ބުނެފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން ދާދި ފަހުން ވަނީ ޔޫއޭއީ އަދި އިސްރާއިލާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފަ އެވެ.

އދ.ގެ 75 ޖެނެރަލް އެސެމްބްލީގައި ވާޗުއަލްކޮށް ބައިވެރިވެލައްވައި ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ ވަނީ ފަލަސްތީނުގެ މައްސަލަ ހައްލުކޮށް އިރުމަތީ ގުދުސްއަކީީ ފަލަސްތީނުގެ ވެރިރަށްކަމަށް ކަނޑައަޅައި ފަލަސްތީނުގެ ދައުލެއް އުފެއްދުމަށް މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.

ރަސްގެފާނު އިތުރަށް ވިދާޅުވީ އިސްރާއިލާއެކު ގުޅުން ގާއިމްކުރީ ވެސް ސުލްހައަށް ޖާގަދިނުމުގެ ގޮތުން ކަމަށެވެ.

ރަސްގެފާނު އެފަދައިން ވިދާޅުވިއިރު އިސްރާއިލްގެ ޑިޕްލޮމެޓުންގެ ވަފުދެއް މިދިޔަ ބުދަދުވަހު ބަހްރެއިންއަށް ވަޑައިގެންފަ އެވެ.

ބަހްރެއިންއާއި ޔޫއޭއީން އިސްރާއިލާ ގުޅުން ގާއިމްކުރީ އިސްރާއިލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބައެއް ހިސާބުތައް އިސްރާއިލްގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތްކުރަން އުޅެނިކޮށެވެ. ނަމަވެސް އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އެ ޕްލޭންމިހާރު ފަސްކޮށްފައިވާ ކަމަށެވެ.

ބަހްރެއިންގެ ޖަމިއްޔާތަކުން ބުނީ އިސްރާއިލާ ގުޅުން ގާއިމްކުރަން ޖެހޭނީ ފަލަސްތީނުގެ ދައުލެއް އުފެއްދުމަށް ފަހުގައި ކަމަށެވެ.--އަލްޖަޒީރާ--

comment ކޮމެންޓް