ދެކުނު ކޮރެއާގެ އޮފިޝަލަކު މަރާލުމާ ގުޅިގެން އުތުުރުކުރެއާގެ ލީޑަރު މާފަށް އެދެފި

ކިމްގެ ހާލުކޮޅާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ވަނީ ދެކެވިފަ -- ފޮޓޯ: އޭއެފްޕީ

އުތުުރު ކޮރެއާއިން ދެކުނުކޮރެއާގެ އޮފިޝަލަކު މަރާލުމާ ގުޅިގެން އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން މާފަށް އެދިވަޑައިގެންފިއިވާ ކަމަށް ދެކުނު ކޮރެެއާއިން ބުނެފި އެވެ.

ދެކުނު ކޮރެއާގެ އޮފިޝަލް މަރާލައިފައި ވަނީ ބޯޓެއްގައި މެރިޓައިމް ބޯޑަރު ހުރަސްކޮށް އުތުުރުކޮރެއާ ސަރަހައްދަށް ވަދެ އުޅެނިކޮށެވެ.

މިއީ މިފަހުގެ 10 އަހަރުތެރޭ އުތުރުކުރެއާ އިން ދެކުނު ކޮރެއާގެ މީހަކު މަރާލި ފުރަތަމަ ފަހަރެެވެ.

އެ ހާދިސާއަކީ އެއްގޮތަކަށް ވެސް ބަަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކިމް ވިދާޅުވި ކަމަށް ދެކުނު ކޮރެއާއިން ބުންޏެވެ.

އުތުރުކޮރެއާ އިން ބުނީ ދެކުނުކޮރެއާގެ އެ އޮފިޝަލް އެގައުމުގެ ސަރަހައްދަށް ވަނުމުން އޭނާއާ ސުވާލުކުރި ކަމަށެވެ. އަދި ބަޑި ޖެހީ އޭނާ ފިލަން އުޅެނިކޮށް ކަމަށް އުތުުރުކުރެއާއިން ބުނެ އެވެ.

ދެކުނު ކޮރެއާ އިން ބުނީ އެ އޮފިޝަލްގެ ހަށިގަނޑު އަންދާލި ކަމަށެވެ. ނަަމަވެސް އުތުރުކޮރެއާ އިން އެކަން ވަނީ ދޮގުކޮށްފަ އެވެ.

އެ އޮފިޝަލް އުތުރުކޮރެއާއަށް ވަން ސަބަބެއްް ނޭނގެ އެވެ. ދެކުނު ކޮރެއާ އިން ބުނީ އޮފިޝަލް އުތުުރުކޮރެެއާ އަށް ވަނީ "ޑިފެކްޓް"ވާން ވެގެން ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް ދެކުނުކުރެއާގެ މީހުން އުތުުރުކޮރެއާއަށް "ޑިފެކްޓް"ވުމަކީ ވަރަށް ނާދިރުކަމެކެވެ. މަރާލި މީހާގެ އައިލާއިން ވަނީ އޭނާ "ޑިފެކްޓް"ކުރަން އުޅުން ވާހަކަ ދޮގުކޮށްފަ އެވެ.

އެ ހާދިސާގައި މަރާލައިފައި ވަނީ ދެކުނުކޮރެއާގެ އޯޝަންސް އެންޑް ފިޝަރީޒް މިނިސްޓްރީގައި މަސައްކުރާ އުމުރުން 47 އަހަރުގެ ފިރިހެނެކެވެ.--ބީބީސީ--

comment ކޮމެންޓް