ރާއްޖޭގެ ކޮވިޑް ޕޮޒިޓިވް 10،000 އިން މައްޗަށް، މިއަދު 75 ކޭސް

ރާއްޖެއިން ކޮވިޑް19 އަށް މިހާނަތަށް 10،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 75 މީހުންނެވެ. އޭގެ ތެރޭގައި 53 ދިވެހިން ހިމެނެއެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 21 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 54 އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 54 ދިވެހިންނާއި 22 ބިދޭސީން އެވެ.

މާލެ ސަރަހައްދުން 66 މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން ޕޮޒިޓިވްވީ ނުވަ މީހެކެވެ

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،014 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 76 އެވެ. ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 8،673 އެވެ.

ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 1،300 އެވެ. އޭގެ ތެރެއިން 82 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކުރެވިފައިވަނީ 796 މީހުންނެވެ.

މިހާތަނަށް އެޗްޕީއޭ އިން ކޮވިޑަށް 146،00 އަށްވުރެ ގިނަ ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ، 34 އެވެ.

comment ކޮމެންޓް