ވެޓެރަން ލަވަކިޔުންތެރިޔާ އެސްޕީ ބާލަސުބްރަމާނިއަމް މަރުވެއްޖެ

ލަވަކިޔުންތެރިޔާ އެސްޕީ ބާލާސުބްރަމާނިއަމް--

އިންޑިއާގެ މަޝްހޫރު ވެޓެރަން ލަވަކިޔުންތެރިޔާ އެސްޕީ ބާލަސުބްރަމާނިއަމް،74، މަރުވެއްޖެ އެވެ.

ގިނަ ފިލްމުތަކަށް ހިތްގައިމު ރީތި ލަވަތަކެއް ކިޔާދީފައިވާ ލަވަކިޔުންތެރިޔާ ބާލަސުބްރަމާނިއަމް މަރުވީ އިއްޔެގެ ވަގުތެއްގައި ކޮވިޑް19 އަށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަށް ކޮވިޑް ޖެހިގެން ޗެންނާއިގެ އެމްޖީއެމް ހެލްތުކެއާ ހޮސްޕިޓަލްގައި ފަރުވާދޭން ފެށީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭނާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.

މިއުޒިކް ދާއިރާއަށް އޭނާ އަދާކޮށްދީފައިވާ ގިނަ ޚިދުމަތްތަކާ ގުޅިގެން ސަރުކާރުން ދޭ މަތީ ޝަރަފު ވެސް ލިބިފައިވާ ސުބްރަމާނިއަމް މަރުވުމާ އެކު އިންޑިއާގެ ގިނަ ތަރިންނެއް އަންނަނީ ހިތާމަފާޅުކުރަމުންނެވެ. ޕަދުމާބުޝަން އަދި ޕަދުމާޝްރީ އެވޯޑް ހޯދާފައިފައިވާ ލަވަކިޔުންތެރިޔާ ވަނީ އެކި އެކި ބަހުރުވައިން ކިޔާފައިވާ ލަވަތައް އާންމުންނާ ހަމައަށް ގެނެސްދީފަ އެވެ.

comment ކޮމެންޓް