ވީޑިއޯ: މާބަނޑު އިރު ދިމާވާ ބުރަކަށީގެ ތަދުތަކަށް ލުއިލިބޭނެ ކަސްރަތުތަކެއް

މާބަނޑުއިރު ދިމާވާ ތަފާތު އެކިއެކި މައްސަލަތަކާއި އުނދަގޫތަކުގެ ތެރެއިން އެންމެ އާންމު އެއްކަމަކީ ދެވަނަ ޓްރައިމިސްޓާއިން ފެށިގެން އެ ދިމާވާ ބުރަކަށީގެ ރިހުންތަކެވެ. ބުރަކަށްޓާއި އަދި އުނަގަނޑާއި ހިސާބުން އަންނަ މި ރިހުމަކީ ތޫނު އަދި ވަރުގަދަ ރިހުމެކެވެ.

ބައެއް ފަހަރު ފަޔާއި ހިސާބަށްވެސް މި ތަދުތައް ފޯރައެވެ. ކޮންމެއަކަސް، ފުރަބަންދު ވޯކްއައުޓްގެ މި ސީޒަން ނިމުމަކާއި ހިސާބަށް އަންނައިރު މިއީ މިހާތަނަށް އެންމެ ގިނަބަޔަކު ރިކުއެސްޓްކުރި ވެސް އެޕިސޯޑެވެ. މިއަދުގެ އެޕިސޯޑުވެސް ގެނެސްދެނީ ބަމްޕް އެންޑް ބިޔޯންޑް އަށް ހާއްސަވެގެން ހުރި ޑރ.ރަނާ އަހުމަދު ހަމީދެވެ.

ރަނާ ބުނާގޮތުން، މިފަދައިން ބުރަކަށީގައި ރިއްސާނަމަ މިކަމަށް އޮތް އެންމެ ބޮޑު އެއް ފަރުވާއަކީ ތެދުވެ ހަށިގަނޑު ސްޓްރެޗްކޮށް ހަރަކާތްތެރިވުމެވެ.

މިއަދުގެ އެޕިސޯޑުގައި ހިމަނާލެވިފައިވާ ކަސްރަތުތަކަކީ

  • ސީޓެޑް ޕިޖަން
  • ސަޕޯޓެޑް ސްޓޭންޑިން ޓޭބަލް ޓޮޕް
  • ޕިޖަން
  • ޗައިލްޑްސް ޕޯސް
  • ލޯ ލަންޖަސް

މި ހުރިހާ ކަސްރަތުތަކަކީވެސް ގޭގައި ކުރެވޭނެ ފަސޭހަ ކަސްރަތުތަކެކެވެ. ގޮނޑިއަކާއި މެޓެއް ރަނާ މި ކަސްރަތުކުރުމަށް ބޭނުންކޮށްފައިވެއެވެ.

ކަސްރަތުކުރުމަކީ މާބަނޑު ދުވަސްވަރު ހަށިގަނޑަށް ލުއިވެ ވިހެއުމަށްވެސް ފަސޭހަވާ ކަމެކެވެ. އެހެންނަމަވެސް ކޮންމެ ކަސްރަތެއް ކުރުމުގެ ކުރިންވެސް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ މުހިންމުކަމެކެވެ. އަދި ހާޢްސަކޮށް ކުރިން ބުރަކަށްޓަށް އަނިޔާއެއް ލިބިފައިވާ ފަރާތެއްނަމަ މިކަމުގައި ސަމާލުވާންވާނެ އެވެ.

comment ކޮމެންޓް