އެމްޑީޕީ މެމްބަރުންގެ އަދަދު ދަށަށް، ޕީޕީއެމް މެމްބަރުންގެ އަދަދު މައްޗަށް

އޮކްޓޯބަރ 19، 2017: ޕީޕީއެމުން "ތައްޔާރު"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން މަދުވެފައިވާ ކަމަށާއި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ މެމްބަރުންގެ އަދަދު އިތުރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މެމްބަޝިޕް ފޯމުތައް ޕްރޮސެސްކުރުމަށްފަހު، ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަދާހަމަކޮށްފައިވާ ތަފްސީލްތައް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހާމަކޮށްފައެވެ.

އީސީން ހާމަކޮށްފައިވާ ގޮތުން، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގައި މިވަގުތު ތިބީ 52،952 މެމްބަރުންނެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 53،748 މެމްބަރުންނެވެ. އެހެންކަމުން މި އަހަރު އެމްޑީޕީން 796 މެމްބަރުން ވަނީ މަދުވެފައެވެ.

ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އޮތީ އިދިކޮޅު ޕީޕީއެމްއެވެ. ޕީޕީއެމްގައި 37،144 މެމްބަރުން ތިބި އިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 36،054 މެމްބަރުންނެވެ. އެހެންކަމުން މި އަހަރު އެ ޕާޓީއަށް 1090 މެމްބަރުން ވަނީ އިތުރުވެފައެވެ.

ޕީޕީއެމް އާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގައި މިވަގުތު 4004 މީހުން އެބަތިއްބެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ޖޭޕީގައި 12،128 މެންބަރުން ތިބި އިރު، މިވަގުތު އެ ޕާޓީގައި 13،825 މީހުން އެބަތިއްބެވެ. އެހެންކަމުން އެ ޕާޓީއަށް މި އަހަރު 1697 މީހުން ވަނީ އިތުރުވެފައެވެ.

ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގައި ތިބީ 3023 މެމްބަރުންނެވެ.

އެމްޑީއޭގައި 8178 މެމްބަރުން ތިބި އިރު، އަދާލަތު ޕާޓީގައި 6640 މެމްބަރުން، އެމްޓީޑީގައި 3171 މެމްބަރުން، ޑީއާރްޕީގައި 2902 މެމްބަރުން އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގައި 2881 މެމްބަރުން އެބަތިއްބެވެ.

comment ކޮމެންޓް