ބަންގްލަދޭޝްގެ އިތުރު 200 މީހުން ފުރުވާލައިފި

ބިދޭސީން އަނބުރާ ފޮނުވާލުން -- ފޮޓޯ/ މޯލްޑިވިއަން

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެހެން ސަބަބުތަކާ ހުރެވެސް އެނބުރި ގައުމަށް ދާން ބޭނުން މީހުންގެ ތެރެއިން އިތުރު 200 މީހަކު މިއަދުވެސް ފުރުވާލައިފި އެވެ.

މޯލްޑިވިއަންގެ ބޯޓެއްގައި އެ މީހުން މިއަދު ފުރުވާލާފައިވާއިރު މިއީ ބަންގްލަދޭޝް އަށް މޯލްޑިވިއަން އިން ބޭއްވި 35 ވަނަ ރެޕަޓްރިއޭޝަން ފްލައިޓެވެ.

ރެޕަޓްރިއޭޝަން ފްލައިޓުތަކުގައި މިހާތަނަށް އެގައުމުގެ 8000 އެއްހާ މީހުން ވަނީ ފުރުވާލައިފައެވެ. އޭގެ ތެރޭގައި ގިނައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ.

ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ވެސް ހޯދުމަށް ފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި ގަދަކަމުން ބިދޭސީން ފޮނުވާލެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށެވެ.

comment ކޮމެންޓް