އުރީދޫން "ބިގް ޑިވައިސް ސޭލް" ޕްރޮމޯޝަން ފަށައިފި

އީ ކޮމާސް ޕްލެޓްފޯމް މޫލީ އިން މިއަދު "ބިގް ޑިވައިސް ސޭލް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫން ބުނީ މިއަދު ފެށި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑްތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް، ބޮޑެތި ޑިސްކައުންޓްތަކާ އެކު މާކެޓްގައި ލިބެން ހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

އަދި މި ދުވަސްކޮޅަކީ ކުރިއަށް ވުރެ ބޮޑަށް ޑިޖިޓަލްކޮށް ކަންކަން ކުރަންޖެހިފައިވާ ދަނޑިވަޅަކަށްވުމާ އެކު، ފެންވަރު ރަނގަޅު ޑިވައިސް އާއި އިލެކްޓްރޯނިކްސްގެ މުހިންމުކަން އިތުރުވެފައިވާ ކަމަށާއި މޫލީގެ ބިގް ޑިވައިސް ސޭލް އަކީ މިދުވަސްވަރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިވައިސްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ ޕްރޮމޯޝަނެއް ކަމަށް އުރީދޫން ބުންޏެވެ.

މިއަދު ފެށި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި، އެޕަލް ވޮޗް، އެއާޕޮޑްސް، ސެމްސަންގް އަދި އޮޕޯގެ މަގްބޫލް ފޯނުތައް ގަނޭވޭނެ ކަމަށާއި ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މޫލީ ޕްލެޓްފޯމްގައި ބިގް ޑިވައިސް ސޭލް ސެކްޝަނުން 15 ޕަސެންޓާ ހަމައަށް އެ ޕްރޮޑަކްޓަކުން ލިބޭ ޑިސްކައުންޓްއާ އެކު ފެންނަން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.

މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގް އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ.

އޭގެ އިތުރުން ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާ އެކު ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު މޫލީގެ ސަބަބުން ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ވެސް ލިބެ އެވެ.

އުރީދޫން ބުނީ އެނ ހިދުމަތްތަކާ އެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށާއި ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މޫލީއިން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، އެ ޕްލެޓްފޯމް އޮތީ ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް، މިހާރަށްވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށް އުރީދޫން ބުނެ އެވެ.

comment ކޮމެންޓް