އާލިއާގެ "ގަންގޫބާއީ"ގެ ޝޫޓިން އަންނަ މަހު

ފިލްމުގެ ޕޯސްޓަރެއް---

ބޮލީވުޑުގައި އެންމެ ގަދައަށް ފިޔަޖަމުން އަންނަ އެއް ބަތަލާ އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ގަންގޫބާއި ކަތިއަވާޅީ"ގެ ޝޫޓިން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ޚަބަރުތައް ބުނެފި އެވެ.

މި ފިލްމުގެ ޝޫޓިންގެ އެއްބައި ވަނީ ކޮވިޑުގެ ރާޅު އައުމުގެ ކުރިން ނިންމާލާފައެވެ. ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ އެ ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާއިރު ފުރަތަމަ ޝޫޓްކުރާނީ ވަކި ވަކި ތަރިން އެކަނި ފެނިގެންދާ މަންޒަރުތަކެވެ. ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގެ މަންޒަރުތައް ޝޫޓްކުރަން ފަށާނީ އާލިއާ އާއެކުގަ އެވެ.

މި ފިލްމަކީ މި މަހު 11 ގައި ރިލީޒްކުރަން އޮތް ފިލްމެކެވެ. ނަމަވެސް ކޮވިޑްގެ ރާޅާއެކު ފިލްމީ މަސައްކަތްތައް ވެސް މުޅިން ހުއްޓިގެން ދިޔުމާއެކު މި ފިލްމު ގެންނަން ތާވަލްކުރި ދުވަހަށް ނުގެނެސްދެވުނީ އެވެ.

އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ. މި ފިލްމުގައި އާލިއާ އާއެކު ހަރަކާތްތެރިވާނީ އަޖޭ ދޭވްގަން ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި އިމްރާން ހާޝީމީ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

comment ކޮމެންޓް