ހުޅުމާލޭގައި އަޅާ ސޮލާހުއްދީން ސްކޫލުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހި ---

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ސޮލާހުއްދީން ސްކޫލުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ އެދުމުގެ މަތިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ އާ ސްކޫލު (ސޮލާހުއްދީން ސްކޫލު)ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެ މަސައްކަތަށް ބީލަން ހުށަހެލުމުގެ ފުރުސަތު ޝަރުތު ހަމަވާ ދިވެހި ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައެޅުމުގެ މަސައްކަތް ކުރާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ އުސޫލުން ކަމަށް މިނިސްޓްރީ އިން ބުންޏެވެ. ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ފައިސާ ބަލައިގަންނާނީ 23 ސެޕްޓެމްބަރުން 20 އޮކްޓޯބަރަށް ފިނޭންސްގެ ބަނޑޭރި ޕޯޓަލުންނެވެ.

މިމަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ފިނޭންސްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި750،000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ޑޮލަރުން ހުށަހެޅިދާނެ ކަމަށް އިއުލާނުގައިވެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ 21 އޮކްޓޫބަރު ވަނަ ދުވަހު ކަމަށް ފިނޭންސް އިން ބުންޏެވެ.

ފިނޭންސް މިނިސްޓްރީ އިން ދާދިފަހުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ އިތުރުން ތިން ސްކޫލެއްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފަ އެވެ.

https://sun.mv/143068

އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އަދި ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުންނެވެ.

comment ކޮމެންޓް