ޓައިގާގެ ފުރަތަމަ ލަވަ ވަރަށް ހިތްގައިމު

ޓައިގާ ޝްރޮގް--

ބޮލީވުޑުގައި މިވަގުތު އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ޓައިގާ ޝްރޮފް އޭނާގެ އަޑުން ކިޔާފައިވާ ފުރަތަމަ ލަވަ އާންމުންނަށް ދައްކާލައިފި އެވެ.

"އަންބިލީވަބަލް" ގެ ނަމުން ނަންދީފައިވާ އެ ލަވަ ޓައިގާ ކިޔަނީ އިނގިރޭސި ބަހުންނާއި ހިންދީ ބަހުންނެވެ. އެ ލަވަ އާންމުކުރުމާއެކު ބޮލީވުޑްގެ ގިނަ ތަރިންނެއް އެ ލަވަ ޕްރޮމޯޓްކުރަމުންދާއިރު އެ ލަވަ ވެފައިވަނީ ގިނަ ތަރިންގެ ފޭވަރިޓަށެވެ. އާންމުންގެ މެދުގައި ވެސް އެ ލަވަ އަންނަނީ މަގްބޫލުކަން ހޯދަމުންނެވެ.

ޓައިގާ ވަނީ ފިލްމުތަކުގެ އެކި އިންޓަވިއުތަކުގައި އޭނާގެ ލަވަކިޔުމުގެ ހުނަރު ދައްކާލާފަ އެވެ. ލަވަކިޔުމަށް ނުހަނު ޝައުގު ހުންނަ ޓައިގާ ބުނީ އޭނާ ކުޅޭ ފިލްމުތަކަށް އޭނާގެ އަޑުން ލަވަކިޔަން ވަރަށް ބޭނުންވާ ކަމަށެވެ. ޕުނީތު މަލްހޯތުރާގެ ޑައިރެކްޝަނުގެ ދަށުން މި ލަވަ ކޮރިއޮގްރާފުކޮށްދިނީ ޕަރޭޝް އެވެ. ބިގް ބޭންގް މިއުޒިކުން ޕްރޮޑިއުސްކުރާ ލަވަ އަކީ ޓައިގާގެ އަޑުން އިވިގެންދިޔަ ފުރަތަމަ ލަވަ އެވެ.

comment ކޮމެންޓް