އިޝާން އާއި އަނަންޔާ ގެ "ކާލީ ޕީލީ"ގެ ޓްރެއިލާ އާންމުކޮށްފި

ފިލްމުގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ކާމިޔާބު ބަތަލު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއި އަނަންޔާ ޕާންޑޭ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ކާލީ ޕީލީ"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ޓްރެއިލާ އާންމުކުރިތާ 10 ގަޑިއިރު ތެރޭ އެ ޓްރެއިލާއަށް ވަނީ ދެ މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފަ އެވެ. އަންނަ މަހުގެ ދެވަނަ ދުވަހު ރިލީޒްކުރާ މި ފިލްމު ދައްކާނީ ޑިޖިޓަލް ޕްލެޓްފޯމް ޒީ ޕްލެކްސްގަ އެވެ. ރޮމޭންޓިކް އެކްޝަން ޖޯންރާއަށް ގެނެސްދޭ މި ފިލްމަކީ އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކުރާ ޒީ ސްޓޫޑިއޯ އާ އޮފްސައިޑް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ޖެއިދީޕް އަހުލްވާތު ފިލްމުގެ ވިލަން ރޯލު ކުޅޭއިރު އެ ފިލްމަކީ ވައްކަން ކޮށްގެން ދެ ޒުވާނުން ފިލަން ކުރާ މަސައްކަތުގެ ތެރެއިން ދިމާވާ ކަންތައްތަކަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސީމާ އަގަރްވާލާއި ޔާޝް ކޭސަރްވާނީ އެވެ.

comment ކޮމެންޓް