104 ރިސޯޓަކަށް އޮޕަރޭޓުކުރަން ހުއްދަ ދީފި

ޖޭޑަބްލިއު މެރިއޮޓް ރިސޯޓު ---

ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 104 ރިސޯޓަކަށް ހުއްދަ ދީފިއެވެ.

ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން އައުން މެދުކަނޑަލާފައިވަނީ މާޗު މަހުގެ 27 އިން ފެށިގެންނެވެ. އެގެ ފަހުން ޖުލައި 15 ގައި ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާފައިވާއިރު ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 104 ރިސޯޓަކަށް މިހާތަނަށް ހުއްދަ ދީފައެވެ.

މީގެ ތެރޭގައި މިހާރު ހިދުމަތްދޭ ރިސޯޓުތަކާއި ކުރިއަށް ދެ މަސް ތެރޭ ހިދުމަތް ފަށަން ނިންމާފައިވާ ރިސޯޓުތައްވެސް ހިމެނެއެވެ.

އޭގެ އިތުރުން މީހުން ދިރި ނޫޅޭ ރަށްރަށުގައި ހިންގާ ތިންހޮޓަލަކަށްވެސް ވަނީ އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައެވެ. މީގެ ތެރޭ ހިމެނެނީ ބ. ފިނޮޅަސްގައި ހިންގާ އަމިއްލަ ފުއްޓާއި ގއ. ކޫއްޑޫގައި ހިންގާ މާކިޔޯ މޯލްޑިވްސް ކޫއްޑޫގެ އިތުރުން އައްޑޫ ސިޓީ ގަމުގައި ހިންގާ އިކުއޭޓާ ވިލެޖެވެ.

މިހާތަނަށް 109 ޓޫރިސްޓު ވެސެލް / ސަފާރީ އަށް އޮޕަރޭޓު ކުުރުމުގެ ހުއްދަ ދީފައިވާއިރު ގްރޭޓާ މާލޭ ސަރަހައްދުން ޓްރާންސިޓް ފެސިލިޓީތަލުގެ ގޮތުގައި ހިންގުުމަށް 32 ތަނަކަށް ވަނީ ހުއްދަ ދީފައެވެ.

ސަރުކާރުން ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު މާލެ ފިޔަވާ އެހެން ރަށްރަށުގެ ގެސްޓުހައުސްތައް ހުޅުވުމަށެވެ.

comment ކޮމެންޓް