ބަތަލާ އެލިޒަބަތް ގިލީސް ކައިވެނިކޮށްފި

ބަތަލާ އެލިޒަބަތް އާއި މައިކަލް--

އެމެރިކާގެ މަޝްހޫރު ބަތަލާ އަދި ލަވަކިޔުންތެރިޔާ އެލިޒަބަތް ގިލީސް 27، ކައިވެނިކޮށްފި އެވެ.

ބަތަލާ އެލިޒަބަތް ކައިވެނިކުރީ މިއުޒީޝަން މައިކަލް ކޯކޮރަން 47، އާއެވެ. މި ދެތަރިން އެންމެ ފުރަތަމަ ކައިވެނިކުރަން ނިންމީ މިދިޔަ އޭޕްރިލް މަހު އެވެ. ނަމަވެސް ކޮވިޑް19 ގެ ބަލިމަޑުކަމާއެކު ކައިވެނި ފަސްކުރީ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުނު ދެތަރިން ކައިވެނިކުރީ ނިއު ޖާޒީގައެވެ. ދެތަރިން ކައިވެނި ކުރީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުއެވެ. ސިއްރިއްޔާތުގައި އެލިޒަބަތް އާއި މައިކަލް ކައިވެނިކުރިއިރު ކައިވެނީގެ ފޮޓޯތައް އެމީހުން ހިއްސާކުރީ މީގެ ތިން ދުވަހެއްހާ ކުރިންނެވެ. ދެމީހުން ކައިވެނިކުރި މީޑިއާތަކަށް ވެސް ނޭނގި ސިއްރުންނެވެ. އެ ކައިވެނި ހަފްލާގައި ބައިވެރިވީ އާއިލާގެ މީހުންނާއި ގާތް މީހުން އެކަންޏެވެ.

ބަތަލާ އެލިޒަބަތް މިހާރު މަސައްކަތްކުރަމުން އަންނަނީ ނެޓްފްލިކްސްގެ ސީރީޒް ޑައިނޭސްޓީގައެވެ. އެލިޒަބަތް މަޝްހޫރުވީ ނިކަލޯޑިއަން އިން ދެއްކި ސިޓްކޮމް ވިކްޓޯރިއަސް ގެ ޖޭޑްގެ ރޯލު ކުޅެގެންނެވެ.

comment ކޮމެންޓް