ބޫމީ އާއި ކޮންކަނާގެ ފިލްމު މިހާރު ނެޓްފްލިކްސްއިން ބެލޭނެ

ފިލްމުގެ ދެ ލީޑުން--

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ހުނަރުވެރި ބަތަލާ ބޫމީ ޕެޑްނޭކަރު އާއި ބަތަލާ ކޮންކަނާ ސެން ޝަރްމާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޑޯލީ ކިއްޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށައިފި އެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ މި ފިލްމުގެ ކެމެރާ ފުރަގަހުން ނަގާފައިވާ ވީޑިއޯތަކެއް ބޫމީ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. ފިލްމުގައި ބޫމީ އާއި ކޮންކަނާގެ އިތުރުން ހަރަކާތްތެރިވާ ބައެއް ތަރިންނަކީ ވިކްރަންތު މަސީ، ކަރަން ކުންދުރާ، މުސްތާގް ޝައިހް އަދި ކުބްރާ ސައިތު އެވެ.

އެކްތާ ކަޕޫރު އާއި ޝޯބާ ކަޕޫރު ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމަކީ ތިމާގެ ދެމީހެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. ހުވަފެންތަކެއް ދެކޭ ދެ މީހަކު އެ ހުވަފެންތައް ހާސިލު ކުރާތަން މި ފިލްމުން ފެނިގެންދާނެ އެވެ. ބަލާޖީ މޯޝަން ޕިކްޗާސްއިން ޕްރޮޑަކްޝަނުގެ ދަށުން ގެނެސްދީފައިވާ މި ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ އޭޝިއާ ފިލްމު ފެސްޓިވަލްގަ އެވެ. ނަމަވެސް ކޮވިޑް އާ ގުޅިގެން ފިލްމު ފެސްޓިވަލް ފަސްކުރި އިރު މި ފިލްމު މިދިޔަ މެއި މަހު ސްކްރީނުގައި ދެއްކުމަށް ނިންމި އެވެ. ނަމަވެސް އިންޑިއާ ލޮކްޑައުންކޮށް ސިނަމާތައްް ބަންދުކުރުމާ ގުޅިގެން މި ފިލްމު ސްކްރީންކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

comment ކޮމެންޓް