އަކްޝޭގެ "ލަކްޝީ ބޮމް" ނޮވެމްބަރު މަހު

ލަކްޝީ ބޮމް ގެ ޕޯސްޓަރެއް--

ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު އާއި ބަތަލާ ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ލަކްޝްމީ ބޮމްބް" ނޮވެމްބަރު މަހު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

އަކްޝޭ ކުރި ޓްވީޓެއްގައި ބުނީ މި ފިލްމު އާންމުންނާ ހަމައަށް އަންނާނީ ނޮވެމްބަރު މަހު ނުވައެއްގައި ކަމަށެވެ. އަދި ފިލްމު ދައްކާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ކަމަށެވެ. މިހާރު ވަނީ މި ފިލްމުގެ ޓީޒާއެއްވެސް އާންމުކޮށްފަ އެވެ. މި ފިލްމަކީ ކުރިން މި އަހަރުގެއީދުގައި ގެނެސްދޭން އުޅުނު ފިލްމެކެވެ. ނަމަވެސް ކޮވިޑްއާ ގުޅިގެން އިންޑިއާ ސިނަމާތައް ބަންދުކުރުމާ ގުޅިގެން އެ ފުރުސަތު ނުލިބުނީ އެވެ.

ރަގަވާ ލޯރެންސް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ އަކްޝޭ އާއި ކިއާރާ އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމެވެ. މި ފިލްމަކީ ހޮރޯ ކޮމެޑީ "ކާންޗަނާ" ސީރީޒްގެ ފިލްމުތަކުގެ އަސްލަކަށް ބަލައިގެން ގެނެސްދޭ ފިލްމެއްވެސްމެއެވެ.

comment ކޮމެންޓް