ލަންކާ ކައިރިން ރޯވި ޓޭންކަރުން ތެޔޮ ލީކުވުމުން ކެޕްޓަންގެ މައްޗަށް ދައުވާ އުފުލަން ނިންމައިފި

ލަންކާ ކައިރިން ރޯވި ޓޭންކަރުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ--

ސްރީލަންކާގެ އިރުމަތީ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ ޕެނަމާގެ ތެޔޮ ޓޭންކަރު އެމްޓީ ނިއު ޑައެމަންޑްގައި ރޯވެ، ކަންޑަށް ތެޔޮ ލީކުވި މައްސަލާގައި ޓޭންކަރުގެ ކެޕްޓަންގެ މައްޗަށް ދައުވާކުރަން ސްރީލަންކާ އިން ނިންމައިފި އެވެ.

މިމަހުގެ ތިން ވަނަ ދުވަހު ޓޭންކަރުގައި ރޯވުމުން އެ އަލިފާން ކޮންޓްރޯލްކުރަން ހަފްތާއެއްހާ ދުވަސް ވެސް ނެގި އެވެ.

އެ ހާދިސާގައި އެތަކެއް ސަތޭކަ ޓަނުގެ ތެޔޮ ވަނީ ކަނޑަށްބޭރުވެ ދެ ކިލޯ މީޓަރަށް ތެޔޮތައް ދެމިގެން ގޮއްސަ އެވެ. ނަމަވެސް މިހާރު ކަނޑުމަތިން ފެންނަން ހުރި ތެޔޮތަކުގެ ބޮޑު ބައި ވަނީ ސާފުކޮށްފަ އެވެ.

ލަންކާގެ އެޓާނީ ޖެނެރަލްގެ ތަރުޖަމާނު ވިދާޅުވީ އެ ހާދިސ ހިނގީ ބަލަން ވާވަރަށް ނުބެލުމުންކަން އެނގޭ ކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށެވެ.

ޓޭންކަރުން އަލިފާން ނިއްވަން ހޭދަކުރި 1.8 މިލިއަން ޑޮލަރާއި ތިމާވެއްޓަށް ލިބުނު ގެއްލުމާއި ސާފުކުރަން ކުރި ހަރަދު ބޯޓުގެ ވެރިފަރާތުން ހޯދަން ވެސް މިހާރު ދަނީ މަަސައްކަތްކުރަމުންނެވެ.

ލަންކާ އިން މިހާރު ވަނީ އެ ޓޭންކަރު ލަންކާގެ އިކޮނޮމިކް ޒޯނުން ބޭރަށް ގެންދަން ވެސް ވެރިފަރާތުގެ ލިބައިން އެދިފަ އެވެ.-- އަލްޖަޒީރާ

comment ކޮމެންޓް