މެދުއިރުމަތީގެ ރަހަތަކަށް ހާއްސަ ލަޒީޒް ގޯމޭ ހުޅުވައިފި، މިމަހުގެ ނިޔަލަށް ހާއްސަ ޑިސްކައުންޓެއް

ލަޒީޒް ރެސްޓޯރެންޓް -- ސަން ފޮޓޯ ފަޔާޒް މޫސާ

މެދުއިރުމަތީގެ ރަހަތަކަށް ހާއްސަ ލަޒީޒް ގޯމޭ ރެސްޓޯރެންޓު ހުޅުވައިފިއެވެ.

ހުޅުމާލޭ ހިތިގަސްމަގު އެއް ނަންބަރު ގޯޅީގައި މިއަދު ހުޅުވި މި ރެސްޓޯރެންޓަކީ އޮތެންތެޓިކް އަރަބި ރަހަތަކަށް، ހާއްސަކޮށް މެދުއިރުމަތީގެ ރަހަތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. ލަޒީޒްގެ މެނޫ އެއްކޮށް ހާއްސަކޮށްފައިވަނީ މެދުއިރުމަތީގެ ހާއްސަ ކެއުންތަކަށެވެ.

ލަޒީޒްގެ ހެޑް ޝެފް އަކީ ފަލަސްތީނަށް ނިސްބަތްވާ މީހެކެވެ. ކާއެއްޗެހި ތައްޔާރުކުރުމަށް ބޭނުންވާ މުހިއްމު އިންގްރިޑިއަންޓްސް ގެންނަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ. ދިވެހިންނާ ރައްޓެހި ޝަވަރުމާ، ހުންމުސް އަދި އަރަބި ކޮފީ (ޓާކިޝް ކޮފީ) ގެ އޮރިޖިނަލް އޮތެންތެޓިކް ރަހަ ލަޒީޒް އިން ލިބޭނެއެވެ. ލަޒީޒްގެ ޑޭޒާޓް ސެކްޝަނުންވެސް ލިބޭނީ ސީދާ މެދު އިރުމަތިން ގެންނަ ފޮނި ކާތަކެއްޗެވެ. އޭގެ ތެރޭ ތަފާތު ހަލުވާ އާއި ބަކްލަވާ ފަދަ ރަހަތައް ހިމެނެއެވެ.

`

"މިތަން ހުޅުވުމުގެ އެއް ބޭނުމަކީ އަސްލު އޮތެންތެޓިކް އަރަބި ރަހަތައް ދިވެހިންނަށް ގެނެސްދިނުން. ރަހައެއް، ކޮލެޓީއެއް ކޮމްޕްރޮމައިޒެއް ނުކުރާނަން. އެންމެ ފުރަތަމަ ދުވަހުސް ހުންނަ ކޮލެޓީގައި އަބަދުވެސް މިތަނުން އެއްޗެހި ލިބޭނެ،" ލަޒީޒްގެ ވެރިޔާ ރާގިބް ހަލަފް ބުންޏެވެ.

ލަޒީޒް ގެ ވެރިޔާ ރާގިބް ހަލަފް (ކ) ސަން އާ ވަހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"ލަޒީޒް އިން ތައްޔާރު ކުރާ ކާއެއްޗެހީގެ އިންގްރިޑިއަންޓްސް މި ގެންނަނީ މިޑްލް އީސްޓުން. މިސާލަކަށް މެނޫގައި ހިމެނޭ އައިޓަމެއް ތައްޔާރު ކުރަން ބޭނުންވާ އިންގްރިޑިއަންޓެއް ނެތީ. މިތަނުން އެ އިންގްރިޑިއަންޓުގެ ބަދަލުގައި އެހެން އެއްޗެއް ސަބްސްޓިޓިއުޓެއް ނުކުރާނެ. އެވަގުތަށް އެ އެއްޗެއް ލިބެން ނެތްކަމަށް ބުނާނީ. ކަސްޓަމަރުންނަށް ދޭ ކާއެއްޗެހީގެ ކޮލެޓީ އާއި ރަހަ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒެއް ނުކުރާނަން،" ރާގިބް ވިދާޅުވިއެވެ.

"މެނޫގައި ހިމެނޭ ބައެއް އައިޓަމް ތަކަކީ ކުރިއަށްލާ އޯޑަރު ކުރަން ޖެހޭނެ އައިޓަމްސް. އެއީ އެ އެއްޗެހި ތައްޔާރު ކުރުމަށް ގިނަ ވަގުތު ނަގާނެތީ،" ރާގިބް ވިދާޅުވިއެވެ.

"އަސްލު ބޭނުމަކީ މިޑްލް އީސްޓުގެ ބަދިގެތަކުން ދިވެހިންގެ މޭޒުމައްޗަށް، އެތަނުގެ ރަހަތައް ގެނައުން،"

ލަޒީޒް ގޯމޭ އިންޓީރިއާވެސް ޑިޒައިން ކޮށްފައިވަނީ މިޑްލް އީސްޓަން ވައިބެއް ގެނެސްދޭ ގޮތަކަށެވެ.

އާއިލާތަކަށާއި ރައްޓެހިން އަދި ކަޕްލްސް އަށްވެސް ހާއްސަ މި ރެސްޓޯރެންޓުން ޑައިން އިން އާއި ޓޭކް އަވޭގެ ހިދުމަތް މިހާރު ލިބޭނެއެވެ. ރެސްޓޯރެންޓު ހުޅުވުމާ ގުޅުވައިގެން ހާއްސަ އޮފާ އެއްގެ ގޮތުން 10 ޕަސެންޓުގެ ޑިސްކައުންޓު މި މަސް ނިމެންދެން ލިބޭނެއެވެ.

ރިޒަވޭޝަންސް ހެދުމަޝާއި ޓޭކްއަވޭ އޯޑަރު ދިނުމަށް: 7782460

comment ކޮމެންޓް