މޫދުގައި "ހިނގާލާފައި" އުޅޭ މަހެއް އޮސްޓްރޭލިއާއިން ފެނިއްޖެ

ސްކޯޕިއަން ފިޝް އެއް އުރަހަ ބޭނުންކޮށްގެން ހިނގާލާފައި އުޅެނީ --

އުރަހަ ބޭނުންކޮށްގެން މޫދުގެ ވެލިގަނޑުގައި "ހިނގާލާފައި" އުޅޭ މަހެއް ފުރަތަމަ ފަހަރަށް ގްރޭޓް ބެރިއާ ފަރުން، އޮސްޓްރޭލިއާގެ ރިސާޗަރުންނަށް ފެނިއްޖެ އެވެ.

ސްކޯޕިއަން ފިޝްގެ ވައްތަރެއް ކަމަށްވާ "ރައިނޯޕާޔަސް އެގްރިލޯބާ" އަކީ އޮސްޓްރޭލިއާގެ ބެރިއާ ފަރުން ފެންނަ މަހެއް ނޫނެވެ. އެހެންނަމަވެސް އެ މަހަކީ އާންމުގޮތެއްގައި ހަވާއީ ހިމެނޭ ހިސާބުން އެކަނި ފެންނަ މަހެކެވެ.

އެ މަހަށް ދެވިފައިވާ ނަމަކީ "ހިނގާ މަސް" އެވެ. އެ މަހަށް އެ ނަން ދީފައި ވަނީ އެ މަހުގެ އުރަހަ އަތެއް ހެން ބޭނުންކޮށްގެން މޫދުގެ ވެލިގަނޑުގައި ހިނގާލާފައި ދާގޮތަށް ދަތުރުކުރާތީ އެވެ.

އެ މަސް ފެނިފައި ވަނީ ޝްމިޓް އޯޝަން އިންސްޓިޓިއުޓް އިން ބޭނުންކުރާ ކަނޑުއަޑީގެ ޑްރޯނަކުން ނެގި މަންޒަރުތަކެއްގެ ތެރެއިންނެވެ.

""ވަރަށް ރީތި އާދަޔާ ހިލާފު މަންޒަރެއް. ރަތް ކުލައިގެ މަހެއް. އުރަހަ ބޭނުންކުރަނީ އަތެއްހެން ހިނގަން." އެ އިންސްޓިޓިއުޓްގެ ރިސާޗަރެއް ބުނެފައިވެ އެވެ.

އެ ޑްރޯން އަކީ ކަނޑު އަޑީގެ ދެ ކިލޯމީޓަރާ ހަމައަށް ދާ ޑްރޯންއެކެވެ. އެ ޑްރޯން ބޭނުންކުރަނީ ކަނޑުއަޑީގެ މަންޒަރުތައް މެޕްކޮށް ފަރުތައް އޮތް ހާލަތު މޮނިޓާ ކުރުމަށެވެ. --- ބީބީސީ

comment ކޮމެންޓް