މިއަދު 85 މީހުން ޕޮޒިޓިވްވި އިރު 193 މީހުން ރަނގަޅުވެއްޖެ

މާޗް 25، 2020: މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 85 މީހަކު ދެނެގަނެވިފައި ވާއިރު، 193 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހީންނާއި 39 ބިދޭސީންނެވެ. އޭގެ ތެރެއިނ 82 ކޭސް މާލެއިން ފެނުނު އިރު، ތިން ކޭސް ފެނިފައި ވަނީ އަތޮޅު ތެރެއިންނެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި 85 މީހުންނާއެކު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 9،328 އަށް އަރައިފައެވެ.

އަދި މިއަދު 193 މީހަކު ބަލިން ރަނގަޅުވީ އިރު، ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ ވަނީ 7،729 އަށް އަރައިފައެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1،560 މީހެކެވެ. އޭގެ ތެރެއިން 767 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި އިރު، 111 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެއިން މިހާތަނަށް ބަލި ޖެހިގެން 33 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް