އެމްބަސީތައް އަޅަން 428.5 މިލިއަން ރުފިޔާގެ ބިން ސަރުކާރުން ގަނެފި

ހުޅުމާލޭ ދެވަނަ ފިޔަވަހި ---

ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކުގެ ޗާންސަރީ އިމާރާތްތައް އެޅުމަށް ސަރުކާރުން 428.5 މިލިއަން ރުފިޔާގެ ބިން ހުޅުމާލެއިން ގަނެފިއެވެ.

މި ބިންތަކަކީ، ހުޅުމާލޭގެ ޑިޕްލޮމެޓިކް އެންކްލޭވް ޒޯންގައިވާ ބިންތަކެކެވެ.

ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަންއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ހުކުމުގައި ބުނެފައިވަނީ، އެ ޒޯނުން 199،000 އަކަފޫޓުގެ ބިން 418.5 މިލިއަން ރުފިޔާއަށް ސަރުކާރުން ގަނެފައިވާ ކަމަށެވެ.

ބިންތައް ގަނެފައިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަތުންނެވެ.

ފިނޭންސް މިނިސްޓްރީން އެޗްޑީސީ އަށް އެ ފައިސާ ދައްކާ ހަލާސްކޮށްފައިވާތީވެ، އެ ބިން ސަރުކާރަށް މިލްކު ވެފައިވާ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

އެމްބަސީ އެޅުމަށްޓަކައި ހާއްސަކޮށްފައިވާ ހުޅުމާލޭ ޑިޕްލޮމެޓިކް އެންކްލޭވް ޒޯން އިން މިހާރުވެސް ބައެއް ގައުމުތަކަށް ބިންތައް ވަނީ ދޫކޮށްފައެވެ. އެގޮތުން އިންޑިއާ، ޗައިނާ، ސްރީލަންކާ، ޕާކިސްތާން، ބަންގްލަދޭޝް އަދި ޔޫއޭއީއަށް ފޮރިން މިނިސްތްރީން މީގެ ކުރިން ވަނީ ބިން ދޫކޮށްފައެވެ.

comment ކޮމެންޓް