ޖުމައްޔިލް ބާކީކޮށް "ބަޅިނދު"ގެ ޝޫޓިން އަލުން ފަށައިފި

ބަޅިނދު އިން ފެނިގެންދާނެ ތަރިން---

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ވަރުގަދަ ފިލްމު "ބަޅިނދު"ގެ ކާސްޓަށް ބަދަލު ގެނެސް ޝޫޓިން ފަށައިފި އެވެ.

ކުރިން މި ފިލްމުގެ ލީޑު ރޯލުން ޖުމައްޔިލް ނިމާލު ފެނިގެންދާ ގޮތަށް ނިންމާފައިވީ ނަމަވެސް މިހާރު މި ފިލްމުގައި ޖުމައްޔިލްގެ ރޯލު ކުޅޭނީ އަލީ އާޒިމް (ދޮން އަައްޔަ) އެވެ. ޖުމައްޔިލް ފިލްމުން ބާކީކޮށްފައި މި ވަނީ، އޭނާގެ މައްޗަށް ކުރެވުނު ރޭޕުގެ ތުހުމަތުތަކަކާ ވިދިގެންނެވެ.

ކޮވިޑް އާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރިއިރު ފިލްމުގެ 45 އިންސައްތައިގެ ޝޫޓިން އޮތީ ނިމިފަ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) "ސަން"އަށް ބުނީ ފިލްމުގެ ޝޫޓިން އަލުން އެއްކޮށް ކަހަލަ ގޮތަކަށް ރީޝޫޓްކުރަމުން އަންނަ ކަމަށެވެ. ފިލްމުގައި ޖުމައްޔިލްގެ ހުރިހާ މަންޒަރެއް ރީޝޫޓްކޮށް އޭނާގެ ބަދަލުގައި އުޅޭނީ ދޮން އައްޔަ ކަމަށްވެސް މޮގާ ބުންޏެވެ.

ބަޅިނދު އިން ފެނިގެންދާނެ ތަރިން--

ބަޅިނދުގެ ތަރިންނަކީ އާޝާ، ޖުމައިހު، ހުނޫ، ދޮން އައްޔަ، ނުޒުހަތު ޝުއައިބު، އައިޝާ، ޝަރަފް އަދި މަޖޫ އެވެ.

މޮގާ ބުނީ ލޮކްޑައުންގެ ސަބަބުން ފިލްމުގެ ޝޫޓިން ހުއްޓުނު ނަމަވެސް މިހާރު ފިލްމުގެ ޝޫޓިން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެ ފިލްމަކީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.

comment ކޮމެންޓް