ޕީޕީއެމް ސައިކަލުބުރު ހުއްޓުވުމުން ހިނގާލުމަކަށް ބަދަލުކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް މާލޭގައި ފެށި ސައިކަލި ބުރު ރޫޅާލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މަޖީދީމަގު މާފަންނުުކޮޅުމް ފެށި މި ސައިކަލު ބުރަކީ ޒުވާނުންގެ ސައިކަލު ބުރުގެ ނަމުގައި ރޭވި ހަރަކާތެކެވެ. މި ހަރާކާތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުންވެސް ބައިވެރިވާ މަންޒަރު ފެނެއެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އިންރާހިމް ސުޖާއުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔަމްވެސް ވަނީ ސައިކަލު ބުރުގައި ބައިވެރިވެލައްވައިފައެވެ.

ނަމަވެސް މިއީ އިދިކޮޅުން ރާވާ އިންތިޒާމުކުރި ހަރަކާތެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

"ސިޔާސީ ވިސްނުމެއްގައްޔެއް ނޫން އައިސް މިތިބީ. ގައުމު އިންޑިއާ އަށް ވިއްކާލުމާ ދެކޮޅަށް ޒުވާނުން ބާއްވާ ސައިކަލު ބުުރެއްގައި ބައިވެވީ، " އަދުރޭ ވިދާޅުވި އެވެ.

އެނާ ވިދާޅުވީ އިދިކޮޅުން މި ހަރަކާތުގައި ބައިވެރިވަނީ ދިވެހި ރައްޔިތުންގެ ހައިިސިއްޔަތުން ކަމަށެވެ

މި ސައިކަލު ބުރުގެ ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ވަނީ ފެނިފައެވެ.

ފުލުހުން ވަނީ ސައިކަލު ބުރު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިންޒާރުވެސް ދީފަ އެވެ.

ސައިކަލު ބުރު މިހާރު ވަނނީ ހިނގާލުމަކަށް ބަދަލުކޮށްފަ އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެނގުންތަކާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެފަދަ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ މިއަދުވެސް ބުނެފަ އެވެ.

ތަފްސީލް އަންނަނީ...

comment ކޮމެންޓް