ޗައިނާ އިން ރާއްޖެއަށް 20،000 މާސްކް ހަދިޔާކޮށްފި

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި މާސްކުތައް، ޗައިނާގެ ސަފީރު ޖަންގް ލި ޖޮންގް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ހަވާލުކުރައްވަނީ --- ފޮޓޯ/ ސަފީރު ޖަންގް ލިޖޮންގް

ޗައިނާ އިން ރާއްޖެއަށް 20،000 މާސްކާއި ކޮވިޑާ ގުޅޭ ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

ޗައިނާގެ ޝަންގްހައި ކޮންސްޓްރަކްޝަން ގްރޫޕުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި މިތަކެތި ރާއްޖެއާ ހަވަލުކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލީޖޮންގް އެވެ.

ރާއްޖޭގެ ފަރާތުން އެ ތަކެއްޗާ ހަވާލުވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މާސްކުގެ އިތުރުން ދެން ހަދިޔާކޮށްފައިވަނީ 500 ސޫޓްސްއާއި 10،000 އަންގިއެވެ.

ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ރާއްޖެއާ ޗައިނާއާ އޮތް ގުޅުން ދައްކުވައިދޭ އިތުރު ބޮޅެއް ކަމަށެވެ.

ޗައިނާގެ ކުންފުނިތަކުން މީގެ ކުރިން ވެސް ވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް އެހީތަކެއް ވެފައެވެ. އެގޮތުން ވެންޓިލޭޓަރުތަކާއި ޓެސްޓް ކިޓްތަކާއި މާސްކާއި ޕީޕީއީއާއި އަންގިފަދަ ތަކެތި މީގެ ކުރިންވެސް ހަދިޔާކޮށްފައިވެއެވެ. އޭގެ އިތުރުންވެސް އެހެނިހެން ބައެއް ސިއްހީ ވަސީލަތްތައް ޗައިނާއިން މީގެ ކުރިން ހަދިޔާ ކޮށްފައިވެއެވެ.

comment ކޮމެންޓް