ފޯކައިދޫގައި އިންޖީނަށް ތެޔޮއަޅަނިކޮށް ތެޔޮފީފާގައި ރޯވެއްޖެ

ފޯކައިދޫގައި ހިނގި އަލިފާނުގެ ހާދިސާ -- ފޮޓޯ: އެމްވީ ކްރައިސިސް

ށ. ފޯކައިދޫ އިންޖީނު ގޭ އިންޖީނަށް ތެޔޮއަޅަން އުޅުމުގެ ތެރޭގައި ތެޔޮފީފާގައި ރޯވެއްޖެއެވެ.

އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ މިއަދު ހަވީރު އިންޖީނަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި އަލިފާން ހިފީ ތެޔޮފީފާ އެއްގައި ކަމަށެވެ. ފީފާގައި ރޯވެ، ފީފާ ގޮވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ތެޔޮ އަޅަން ގެންގުޅުނު ޕަމްޕުގައި ރޯވެ ޕަމްޕު ހަލާކުވި. އަލިފާން ނިއްވާލީ އިންޖީނު ގޭގައި މަސައްކަތް ކުރާ ދެ މުވައްޒަފުން އލަިފާން ނިއްވާ ފުޅި ނެރެގެން. މީހަކަށް ގެެއްލުމެއް ނުވޭ،" ރާޝިދު ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ އެވަގުތު އިންޖީނުގޭ ތޭންކަށް ތެޔޮ އެޅުމަށް، ތެޔޮ ބަރުކޮށްގެން ޕިކަޕެއްވެސް އޮތް ކަމަށެވެ. ޕިކަޕުގައިވެސް ހުޅުހިފައި ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

comment ކޮމެންޓް