ޓްރާންސްޕޯޓާއި ރީޖަނަލް އެއާޕޯޓްސްގެ އޮފީސް ކުރީގެ ސްޓާ ސިނަމާ އިމާރާތަށް

ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރާންސްޕޯޓު މިނިސްޓްރީ އާއި ރީޖަނަލް އެޢާޕޯޓްސްގެ އޮފީސް ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން ހިނގަމުންދާނީ މަޖީދީމަގުގައި ހުންނަ ކުރީގެ ސްޓަރ ސިނަމާ އިމާރާތުގެ (މ.ޗަނބޭލީވިލާ) ތިންވަނަ ފަންގިފިލާގައި ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް ހިންގަމުންދާނީ އެ އިމާރާތުގެ ދެ ވަނަ ފަންގިފިލާގައެވެ.

މީގެ ކުރިން ރީޖަނަލް އެއާޕޯޓްސް އާއި ޓްރާންސްޕޯޓު މިނިސްޓްރީ ހިންގަމުން ދިޔައީ ވެލާނާގޭގައެވެ. ނަމަވެސް އޮފީސް ހިންގުމުގައި ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ ހިންގުންވެސް ވަނީ އެ އިމާރާތަށް ބަދަލުކޮށްފައެވެ. އެ އިދާރާ ހިންގަމުން އަންނަނީ މ. ޗަނބޭލވިލާގެ ފުރަތަމަ ފަންގިފިލާގައެވެ.

comment ކޮމެންޓް